މިއޮތީ ރާދޭގެ ޓައިޓަލް ޓްރެކް

މިއޮތީ ރާދޭގެ ޓައިޓަލް ޓްރެކް

Author
ފާތިމަތު ނާވީ
07 މެއި 2021 08:51
0

ސަލްމާން ޚާންގެ ފިލްމް "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ"ގެ ޓައިޓަލް ޓްރެކް އާންމުކޮށްފި އެވެ.

ފިލްމު ރާދޭ އަކީ ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުންއަންނަ ފިލްމެކެވެ. ފިލްމުގައި ހިމެނޭ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދަނީ "ސީޓީ މާރް" އަދި "ދިލް ދޭ ދިޔާ" އެވެ. މި ލަވަތަށް މީގެކުރިން ވަނީ އާންމުކޮށްފަ އެވެ.

މި ފިލްމުން ފެނިގެން ދާނީ ސަލްމާން ޚާނާއެކު ދިޝާ ޕަޓާނީއެވެ. މީގެ އިތުރުން ޖެކީ ޝޮރޮފް އަދި ރަންދީޕް ހޫޑާވެސް މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ޓައިޓަލް ލަވަ ކޮމްޕޯސް ކޮށްފައިވަނީ ވާޖިދް ޚާންއެވެ. މިއީ މިދިޔަ އަހަރު ކޯވިޑް ބައްޔަށް ފަރުވާދެމުން ގެންދަނިކޮށް މަރުވި ވާޖިދްގެ އެންމެ ފަހުގެ މިއުޒިކީ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. ލަވައިގެ ކޮރިއޯގަރަފީ ހަދާފައިވަނީ މުދައްސަރް ޚާންއެވެ. އަދި ލަވަ ލިޔެ އަދި ކިޔާފައިވަނީ ސާޖިދް ޚާންއެވެ.

ފިލްމު ރާދޭ އަކީ ޕްރަބޫދޭވާގެ ޑައިރެކްޝަނެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ފިތުރު އީދާ ދިމާކޮށް މި މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.