ތައިމޫރުގެ މީގެކުރިން ނުފެންނަ ލޯބި ފޮޓޯއެއް!

ތައިމޫރުގެ މީގެކުރިން ނުފެންނަ ލޯބި ފޮޓޯއެއް!

Author
ފާތިމަތު ނާވީ
05 މެއި 2021 07:19
0

ސަބާ އަލީ ޚާން ވަނީ ތައިމޫރްގެ މީގެ ކުރިން ނުފެންނަ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. ތައިމޫރުގެ ބޮޑުދައިތަ އަދި ސައިފް އަލީ ޚާންގެ ކޮއްކޮ ސަބާއަކީ އަބަދުވެސް އާއިލާގެ އެކި މެމްބަރުންގެ މިފަދަ ތަފާތު ފޮޓޯތައް ހިއްސާ ކުރާ ފަރާތެކެވެ. ޚާއްސަކޮށް އާއިލާގެ ކުޑަކުދިންގެ ފޮޓޯތައް މީގެ ތެރޭގައި ހިމެނެއެވެ.

މި ފޮޓޯއަކީ ތައިމޫރްގެ ފުރަތަމަ އުފަންދުވަހު ނަގާފައިވާ ފޮޓޯއެކެވެ. އަދި ފޮޓޯއަކީ ސަބާ އަމިއްލައަށް ނަގާފައިވާ ފޮޓޯއެކެވެ. ތައިމޫރް އޭނާގެ ކުޅޭގެއިން ބޯ ދިއްކޮށްލި ވަގުތު ނަގާފައިވާ މި ފޮޓޯ ބެލުންތެރިންނަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ.

 

View this post on Instagram

 

A post shared by Saba (@sabapataudi)

ސަބާ މީގެކުރިން އާންމުކުރި، އިބްރާހީމް އަލީ ޚާންގެ ކުޑައިރުގެ ފޮޓޯއަކަށްވެސް އާންމުގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

މި ސްޓަރ ކިޑަކީ ކާކުކަން އެނގޭތަ؟

ބޮލީވުޑްގެ ފިލްމީތަރިންގެ ދަރިންގެތެރެއިން އާންމުންނާއި މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް މިހާތަނަށް ލިބުނު ކުއްޖަކީ ތައިމޫރެވެ. އޭނާގެ މަންމަ ކަރީނާ ކަޕޫރާއި ބައްޕަ ސައިފް އަކީވެސް ބޮލީވުޑްގައި އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ ދެ ފަންނާނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތޫރަ
މިދެން ޚަބަރެއްތަ؟ އަހަރުމެންނަށް ކޮން ބަލާއެއް .