ބޮލީވުޑްގެ ތަރި ބިކްރަމްޖީތު ކޯވިޑް ބަލީގައި މަރުވެއްޖެ

ބޮލީވުޑްގެ ތަރި ބިކްރަމްޖީތު ކޯވިޑް ބަލީގައި މަރުވެއްޖެ

Author
ޢަލީ އާދަމް
02 މެއި 2021 06:57
0

ބޮލީވުޑްގެ މަޝްހޫރު ތަރި ބިކްރަމްޖީތު ކަންވަރްޕަލް، ކޯވިޑް-19އަށް ފަރުވާކުރަމުން ދަނިކޮށް މަރުވެއްޖެ އެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގެ ސަޕޯޓިންގ ރޯލުތަކާއި ވިލަންގެ ބައިވެސް ކުޅެފައިވާ ބިކްރަމްޖީތަކީ ޓީވީއާއި ވެބް ސީރީޒް ތަކުންވެސް އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

ކޯވިޑް ޖެހިގެން ފަރުވާދެމުން ގެންދަނިކޮށް އޭނާ މަރުވީ ހުކުރު ދުވަހުއެވެ. މަރުވިއިރު އުމުރަކީ 52 އަހަރެވެ. ބިކްރަމްޖީތު ކުއްލި ކުއްލިގޮތަކަށް ވަކިވެގެން ދިއުމުން އެކަމުގެ ހިތާމަ އިންޑިއާގެ ގިނަ އަދަދެއްގެ ފިލްމީ ފަންނާނުން ގެންދަނީ ފާޅުކުރަމުންނެވެ.

ފިލްމީ ފަންނާނެއްގެ އިތުރުން އޭނާ އަކީ ކުރިން އިންޑިއާގެ އަރމީގައި މަސައްކަތްކޮށް މެޖަރއެއްގެ ރޭންކުގައި ރިޓަޔަރކޮށްފައިވާ ފަރާތެކެވެ. އޭނާ ފިލްމީ ހަޔާތްފެށީ އިންޑިއަން އަރމީން ރިޓަޔަރ ކުރުމަށްފަހު 2003 ވަނަ އަހަރުއެވެ.

ބިކްރަމްޖީތުގެ ފިލްމުތަކުގެ ތެރޭގައި "ޕޭޖް ތްރީ"، "ޓޫ ސްޓޭޓްސް"، "މާޑާ 2″، "ރޮކެޓް ސިންގ"، "ދަ ގާޒީ އެޓޭކް" އަދި ޝާހްރުކްގެ "ޑޮން" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.