ބޮލީވުޑްގެ މަޝްހޫރު ތަރި ރަންދީރް ކަޕޫރަށް ކޯވިޑް19 ޖެހުމުގެ ސަބަބުން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
74 އަހަރުގެ އެކްޓަރ ރަންދީރް ކަޕޫރަކީ ކޯވިޑްގައި ހައި ރިސްކް އުމުރުފުރާގެ ތަރިއެއް ނަމަވެސް އޭނާގެ ހާލަތު ސްޓޭބަލް ކަމަށް ޑޮކްޓަރުން ބުނެއެވެ. އޭނާއަށް ފަރުވާދެމުންގެންދަނީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލުގައެވެ.
ރަންދީރް ކޯވިޑަށް ޕޮޒިޓިވްވީ އޭނާ ކޯވިޑް ވެކްސިންގެ ދެޑޯޒްވެސް ފުރިހަމަކޮށްފައި ވަނިކޮށެވެ. އެޑްމިޓްކޮށް ފަރުވާދިން ނަމަވެސް އޭނާގެ ހާލު ރަނގަޅުކަން އޭނާ އަމިއްލައަށްވެސް ވަނީ ހާމަކޮށްފައެވެ.
ރަންދީރް ކަޕޫރަކީ ކަޕޫރް ހާންދާނުން، ރާޖް ކަޕޫރުގެ ދަރިންގެތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ފިރިހެނާއެވެ. ހަމައެހެންމެ ރާޖް ކަޕޫރުގެ އެންމެ ދޮށީ ދަރިއަކީވެސް އޭނާއެވެ.
ރަންދީރްގެ ކޮއްކޮ ރިޝީ ކަޕޫރާއި ރާޖީވް ކަޕޫރު ވަނީ ވަރަށް ގާތްގާތުގައި މަރުވެފައެވެ. އެގޮތުން ރިޝީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މަރުވިއިރު ރާޖީވް މަރުވީ މިއަހަރުގެ ކުރީކޮޅުގައެވެ.
ރަންދީރް ކަޕޫރަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރުގެ ބައްޕައެވެ.
އިންޑިއާގައި ކޯވިޑްގެ ހާލަތު ވަނީ މިބަލީގައި މުޅިދުނިޔެ އެންމެ ހާލަތު ގޯސްވިއިރުވެސް އެގައުމު ނުދާ ދަރަޖައަށް ގޮސްފައެވެ. އެގޮތުން އެވްރެޖް ގޮތެއްގައި3 ލައްކައަށްވުރެ ގިނަ މީހުން މިހާރު އެގައުމުން ކޮންމެ ދުވަހަކު އަންނަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.