މާންސް ޖަމްއިއްޔާގެ ފަރާތުން މަތިވެރީ ކޮންމެ ގެއަކަށް މުޞްހަފެއް ހަދިޔާކޮށްފި

މާންސް ޖަމްއިއްޔާގެ ފަރާތުން މަތިވެރީ ކޮންމެ ގެއަކަށް މުޞްހަފެއް ހަދިޔާކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2021 02:52
0

އަރިއަތޮޅު އުތުރުބުރީ މަތިވެރީގެ ހުރިހާ ގެއަކަށް އެރަށު މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯރޓްސް (މާންސް) އިން މުޞްހަފް ހަދިޔާ ކޮށްފިއެވެ.

އއ.މަތިވެތީ މާންސް ޖަމްއިއްޔާއަކީ އެރަށުގެ ތަރައްޤީއަށާއި، ރަށުގެ އިޖުތިމާއީ ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވާ ޖަމްއިއްޔާއެކެވެ. ރަށުގައިި ހިންގޭ އެކިއެކި މަސައްކަތްތަކުގައާއި، ހިންގޭ އެކި މުބާރާތްތަކާއި، އާންމު ފަރުދުންނާއި ގުޅުންހުރި ގިނަ ކަންކަމުގައި މާންސް ޖަމްއިއްޔާއިން ގެންދަނީ ބައިވެެރިވަމުންނެވެ.

މާންސް ޖަމްއިއްޔާއިން މަތިވެރީގެ ގޭތަކަށް މުޞްހަފް ހަދިޔާކުރުން، ފޮޓޯ: މާންސް ޖަމްއިއްޔާ

ބަރަކާތްތެރި ރަމަޞާން މަހު، ކޯވިޑް-19 އާއި ގުޅިގެން މަތިވެރީގެ ހާލަތު ގޯސްވެ ރަށް މޮނިޓަރިންއަށް ލާފައިވުމުން އެޖަމްއިއްޔާއިން ރޯދަމަހަށް އިންޒާމުކުރި ގިނަ ކަންކަން ވަނީ މަޑުޖެހިފައެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއިއެކު އެޖަމްއިއްޔާއަށް ލިބުނު މުޞްހަފުތައް އެރަށު ކޮންމެ ގެއަކަށް ވަނީ އިއްޔެ ހަދިޔާކޮށްފައެވެ. އަދި ރަށުގެ މިސްކިތްތަކަށްވެސް މުޞްހަފް ވަނީ ހަދިޔާ ކޮށްފައެވެ. މިއީ މަތެވެރީގެ ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރުކޮށް ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ހިންގުނު ހަރަކާތެއް ކަމަށް މާންސް ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

މާންސް ޖަމްއިއްޔާއިން މަތިވެރީގެ ގޭތަކަށް މުޞްހަފް ހަދިޔާކުރުން، ފޮޓޯ: މާންސް ޖަމްއިއްޔާ

މަތިވެރިއަކީ ކޮންމެ އަހަރެއްގެވެސް ރޯދަމަހު ޤުރުއާން މުބާރާތްތަކާއި، ދީނީ ހޭލުންތެރިކަމުގެ އެކި ޕްރޮގުރާމުތައް ހިންގާ ރަށެކެވެ. ނަމަވެސް މިއަހަރު ކޯވިޑް-19ގެ ކޭސްތައް އެތަށުގައި ގިނަވެ، ޕޮޒިޓިވްވާ މީހުން އިތުރުވުމާއި ގުޅިގެން އެރަށުގެ ކައުންސިލާއި، ޖަމްއިއްޔާތުން ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކަށްވެސް ވަނީ މަޑުޖެހުމެއް އައިސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
އަދި ބައެއްފަހަރު ލިޔެފަ އޮވެދާނެ ނ.އަތޮޅުން ފ.އަތޮޅަށް ހުދު ސަމާލު ނެރެފިއޭ ވެސް .
ހ ހުދުހުދު
ހުރިހާ ގެއަކަށް އެކަތިތަ? ސުރުޚީ ކިޔާލީމަ އެހެން ހީވާތީ އަހާލީ.....ލިޔެފަ ދެތިން ފަހަރަކު ކިޔާލާ.ހެޔޮ ގޮތުގަ ބަސް ބޭނުން ކުރެވޭނީ އޭރުން.