ބަދުރު ހަނގުރާމައިގެ މަތިވެރި ނަޞްރުން އިބްރަތް ޙާސިލްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞާކޮށްފައިވަނީ "ބަދުރ ހަނގުރާމައިގެ ދަރުސްތަކުގެ ތެރެއިން" މި މަޢުޟޫއަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ދިން ހުކުރު ޚުޠުބާގައި ވިދާޅުވީ، ހިޖުރައިން 2 ވަނަ އަހަރު، ރަމަޟާން މަހުގެ 17 ވަނަ ދުވަހު ހިނގި ބަދުރު ހަނގުރާމައަކީ ޢިބުރަތުން ފުރިގެންވާ މަތިވެރި ހާދިސާއެއްކަމަށެވެ. އެދުވަހު، ޤުރައިޝް ވަންހައިގެ ބޮޑުން، ނިކުތީ ބޮޑާކަމާއި، ކިބުރުވެރިކަމާއެކުކަމަށާއި، އެމީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ދަލީލަކަށް، އަބޫޖަހުލުގެ ބަސް ފުދޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އަބޫޖަހުލު ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. ބަދުރަށް ގޮސް 3 ދުވަސް ވަންދެން އެތަނުގައި، ޖަމަލުމަސް ކައި، ރާބޮއި، އަންހެންކުދިން ލައްވާ ލަވަކިޔުއްވައި، މަޖާކޮށް އުޅެފައި ނޫނީ އަހަރުމެން އެނބުރި ނުދާނަމެވެ. އެއިރުން އަހަރުމެންގެ ނުފޫޒާއި ބާރު، ޢަރަބިންނަށް އެނގި، އަހަރުމެން ދެކެ އަބަދުވެސް އެ މީހުން ބިރުގަންނާނެއެވެ." އެމީހުންގެ މި ބޮޑާކަން ސިފަކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި ﷲ ގެ މަގުން މީސްތަކުން ދުރުކުރާ ޙާލު، އެއުރެންގެ ގެދޮރުން ނުކުމެގެންދިޔަ މީހުން ފަދައިން
ތިޔަބައިމީހުން ނުވާށެވެ!" ލޮބުވެތި ޢިއްޒަތްތެރި މުސްލިމް އަޚުންނޭވެ! ބަދުރުގެ ހާދިސާ އަޅުގަނޑުމެންނަށް އަންގައިދެނީ ﷲ ގެ ދީނަށްޓަކައި ވާންޖެހޭ ޤުރްބާނީގެ މަތިވެރިކަމެވެ. އަދި އެ ޤުރުބާނީގައި މަތިވެރި އަޞްޙާބުން ދައްކަވާފައިވާ ރިވެތި ނަމޫނާއެވެ. އަދި އިސްލާމް ދީނުގައި މަޝްވަރާކުރުމަށް ބާރުއަޅާ މިންވަރެވެ.
ޚުޠުބާގައި ވިދާޅުވީ، ބަދުރުހަނގުރާމައިން ދަސްކޮށްދެނީ ނަޞްރަކީ ﷲ ދެއްވާ އެއްޗެއްކަމަށާއި، އެއީ ފަހަރެއްގައިވެސް ހަމައެކަނި މާއްދީގޮތުން ލަޝްކަރުގެ ބައިބޯކަމާއި، ހަތިޔާރުގެ މޮޅުކަމަށް ބިނާވެފައި އޮންނަ ކަމެއް ނޫންކަމަށެވެ. ބަދުރު ހަނގުރާމައިގައި، މުސްލިމުންގެ ޢަދަދަކީ 313 ވަރަކަށް ބޭކަލުންކަމާއި، އޭގެތެރޭގައިހިމެނެނީ ހަމައެކަނި 2 އަސްވާރުންކަމަށް ވިދާޅުވެ ބަދުރުގެ ހަނދާން އައުކޮށްދެއްވިއެވެ.
ރަސޫލާ ޞޢވ ނިކުމެވަޑައިގަތީ ހަނގުރާމައެއް ކުރައްވަން ނޫންކަމަށާއި، ދުޝްމަނުންގެ ލަޝްކަރުގެ ޢަދަދު ހާހަކަށް ވުރެ އަސްވާރުން ތިއްބެވިކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. އެމީހުން ނިކުތީ ހަނގުރާމައަށް ނަމަވެސް ﷲ ޢިރާދަކުރެއްވީ، އެކަލާނގެ ނަޞްރުގެ ވަޢުދުފުޅު
ފުރިހަމަކުރެއްވުމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
އަންފާލު ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ." ދެބައިމީހުންގެ ތެރެއިން (އެބަހީ: ވިޔަފާރި ޤާފިލާ އާއި، ހަނގުރާމަވެރި ލަޝްކަރު ގެތެރެއިން) އެއްބަޔެއްގެ މައްޗަށް ތިޔަބައިމީހުންނަށް ނަޞްރު ލިބޭނެ ކަމުގައި، ﷲ ތިޔަބައިމީހުންނަށް ވަޢުދު ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އަދި ބާރުވެރިކަން ލިބިގެންނުވާ މީހުން، ތިޔަބައިމީހުންނަށްޓަކައި އޮތުމަށް ތިޔަބައިމީހުން އެދެމުއެވެ. (ނަމަވެސް، ﷲ އިރާދަކުރައްވަނީ، އެކަލާނގެ ކަލިމަފުޅުތަކުން ޙައްޤު ސާބިތުކުރައްވައި، ފާޅުކުރެއްވުމަށެވެ. އަދި ކާފިރުންގެ އަޞްލު މުލުން ލުހެލެއްވުމަށެވެ."
ޚުޠުބާގައި ވަނީ ބަދުރު ހަނފުރާމައިން ލިބިދޭ އަނެއް ފިލާވަޅަކީ މުއުމިނުންގެ މާރުގަދަ ހަތިޔާރަކީ ދުޢާދެންނެވުންކަމަށްވެސް ވިދާޅުވެފައެވެ. ބަދުރު ހަނގުރާމައަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދެވިއިރު ރަސޫލާ ދެއަތްޕުޅު އުފުއްލަވާ ﷲގެ ހަޟްރަތުގައި ނަޞްރަށް އެދިވަދައިގެން އާދޭސް ދަންނަވަމުން ގެންދެވިކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
"ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! ޤުރައިޝުންގެ ބޮޑުން، ބޮޑާކަމާއި ކިބުރުވެރިކަމާއެކު، އެމީހުންގެ އަސްވާރުންނައިގެން، އައިސް އެތިބީ އިބަ އިލާހަށް ޢަދާވާތްތެރިވެ، އިބަ އިލާހުގެ ރަސޫލާ ދޮގުކޮށްފައެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަ އިލާހު މިއަޅާއަށް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައިވާ ނަޞްރު އެއުރެންގެމައްޗަށް މިއަޅާއަށް ދެއްވާނދޭވެ! އަދި މިއަޅާއަށް، އިބަ އިލާހު ދެއްވަން އިރާދަކުރެއްވި ކަންތައް ފުއްދަވައިދެއްވާނދޭވެ!" އަދިވެސް އިތުރަށް ދުޢާގައި ދެންނެވިއެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މުސްލިމުންގެ ތެރެއިން މިތިބަ
މީސްކޮޅު ޤަތުލުވެހިނގައްޖެނަމަ، އިބަ އިލާހަށް ބިމުގައި ދެން އަޅުކަމެއް މިގޮތުގައި ދުޢާ ދެންނެވުމުގައި ދެއަތްޕުޅު އުފުއްލަވައިގެން، އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ކޮނޑުފުޅުގައި އޮތް ރިދާކޮޅު ވެއްޓުނުއިރު ވެސް، އަތްޕުޅު ތިރިނުކުރައްވައި އެގޮތުގައި ދެމިހުންނެވިއެވެ. އެހިނދު މާތް އެހިނދު މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނު އެ އެ ރިދާކޮޅު ނަންގަވައި ކޮނޑުފުޅުގައި އަޅުއްވައިދެއްވިއެވެ. އަދި ދެންނެވިއެވެ. އޭ ﷲ ގެ ނަބިއްޔާއެވެ؟ ހަމަކަށަވަރުން، ﷲ ކަލޭގެފާނަށް ކަލޭގެފާނަށް ވެވޮޑިގެންފައިވާ ނަޞްރުގެ ވަޢުދު ފުއްދަވައިދެއްވާނެތެވެ.
ޚުޠުބާގައި ވަނީ ބަދުރުގެ މަތިވެރި ނަޞްރުން ޢިބުރަތް ޙާޞިލުކުރެއްވުމަށް ގޮވާލައްވާފައެވެ. އިސްލާމް ދީނުގެ ދިފާޢުގައި ކުރަން ޖެހިއްޖެ ކޮންމެ ކަމެއްގައި ކެރިގެން ކުރިމަތިލުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. ﷲ ގެ ރަސޫލާގެ ޙައްޤުގައި ދޭންޖެހިއްޖެ ޤުރުބާނީއަކަށް ފަސްނުޖެހުމަށް ގޮވާލެއްވިއެވެ. ކެތްތެރިކަމާއި، ތަޤުވާ ކެތްތެރިކަމާއި، ތަޤުވާވެރިކަމާއި، އެކުވެރިކަމާއެކު ހެޔޮގޮތުގައި ދެމިތިބުމަށްވެސް ޚުޠުބާގައި ގޮވާލެއްވިއެވެ.
ކޮމެންޓު ފޮނުވާ