ސުގަންދާގެ ކައިވެނީގެ ފޮޓޯތައް ދެކެފިންތަ؟

ސުގަންދާގެ ކައިވެނީގެ ފޮޓޯތައް ދެކެފިންތަ؟

Author
ފާތިމަތު ނާވީ
01 މެއި 2021 07:15
0

ކޮމެޑީ ގިނަ ޝޯވް ތަކަކުން ބެލުންތެރިންގެ މަގްބޫލުކަންހޯދާފައިވާ ކޮމޭޑިއަން ސުގަންދާ މިޝްރާ އާއި ކޮމޭޑިއަން އަދި މިމިކްރީ އާޓިސްޓް ޑރ. ސަންކެތު ބޯސްލޭ ކައިވެނިކުރީ ހޯމަ ދުވަހު އެވެ. މީގެ ދުވަސްކޮޅެއް ކުރިން ސުގަންދާ ވަނީ އޭނާގެ އިންސްޓްގަރާމު މެދުވެރިކޮށް މި އުފާވެރި ޚަބަރު ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ.

 

View this post on Instagram

 

A post shared by ???????? ?????? (@sugandhamishra23)

މި ކައިވެނީގެ ބައެއް ފޮޓޯތައް ދެމީހުންގެ ރަހުމަތްތެރިންވެސް ވަނީ ހިއްސާކޮށްފަ އެވެ. އަދި މި ފޮޓޯތައް ހިއްސާކުރަމުން ދެމަފިރިންނަށް މަރުހަބާ ކިޔާފައި ވެއެވެ. ބައެއް ފޮޓޯތަކުން ފެނިގެން ދަނީ ސުގަންދާ އަދި ސަންކެތު އެއް ތަށިން ކަމުންދާ މަންޒަރެވެ. އަދި ދެމަފިރިން ތިބީ ވެސް ކައިވެނީގެ ހެދުމުގައެވެ.

 

View this post on Instagram

 

A post shared by Kundan Singh (@kundanchef)

ކައިވެނީގެ ކުރިން ސުގަންދާ އާއި ސަންކެތު ވަނީ ކައިވެންޏާއި ގުޅުވައިގެން ބޭއްވި އެކިއެކި ރަސްމިއްޔާތުތަކުގެ ބައެއް ފޮޓޯތައް އިންސްޓަގަރާމުގައި ހިއްސާކޮށްފަ އެވެ. އެގޮތުން އެންގޭޖްމެންޓާއި މެހެނދީ ރަސްމިއްޔާތުގެ ފޮޓޯތައް ހިމެނެވެ.

 

View this post on Instagram

 

A post shared by ??.?????? ??????? (@drrrsanket)

ކައިވެނީގެ ކުރިން މި ދެމަފިރިން ވަނީ ވަރަށް ގިނަ ވީޑިއޯ އަދި ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. އެގޮތުން ހިއްސާ ކޮށްފައިވާ ވީޑީއޯއެއްގައި ސުގަންދާ އޭނާގެ އަތުގައި އަޅާފައި ހުރި މެހެންދީ ސަންކެތް އަށް ދައްކާ މަންޒަރު ފެނިގެން ދެއެވެ.

 

View this post on Instagram

 

A post shared by ???????? ?????? (@sugandhamishra23)

ސުގަންދާ އަކީ ކޮމޭޑިއަނެއްގެ އިތުރުން ޓީވީހޯސްޓެއް އަދި ލަވަކިއުންތެރިއެއްވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.