ބޫލް ބުލައްޔާ 2 ގެ ޝޫޓިންގ އަންނަ މަހު ފަށަނީ

ބޫލް ބުލައްޔާ 2 ގެ ޝޫޓިންގ އަންނަ މަހު ފަށަނީ

Author
ފާތިމަތު ނާވީ
29 އޭޕްރިލް 2021 10:56
0

ކިއާރާ އަދްވާނީ އާއި ކާތިކް އާރިޔަން ގެންދަނީ ޝޫޓިންގ މެދުކަނޑާލާފައިވާ ފިލްމު "ބޫލް ބުލައްޔާ 2″ ގެ ޝޫޓިންގ އަންނަ މަހު ފެށުމަށް ތައްޔާރުވަމުންނެވެ. މި ފިލްމަކީ ބިރުވެރި، މަޖާ ފިލްމެކެވެ. އަންނަ މަހުގައި މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ މަނާލީގަ އެވެ. ފިލްމުގެ ޑައިރެކްޓަރު ވަނީ މިކަމާއި ގުޅިގެން ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

މި ފިލްމުގެ ޝޫޓިން މެދުކަނޑާލާފައިވަނީ ފިލްމުގެ ލީޑް އެކްޓާ ކާތިކް ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. އަދި މިހާރު އަލުން ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނައިރު ކޯވިޑް 19 ގެ މިހާރުގެ ހާލަތު އޮތްގޮތުން ޝޫޓިން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

މި ފިލްމަކީ ބޫޝަން ކުމާރާއި މުރާދް ކޭތާނީ ޕްރޮޑިއުސް ކުރާ ފިލްމެކެެވެ. މިދިޔަ އަހަރު މި ފިލްމުގެ ޝޫޓިން ވަނި ޖޭޕޫރާއި ލަކްނޯގައި ކުރިއަށް ގެންގޮސްފައެވެ.

"ބޫލް ބުލައްޔާ 2″ އަކީ 2007 ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ފިލްމު "ބޫލް ބުލައްޔާ"ގެ ސީކުއަލްއެވެ. އެ ފިލްމުން ފެހިގެންދިޔައީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.