ސުގަންދާ ކައިވެނި ކުރަނީ

ސުގަންދާ ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
21 އޭޕްރިލް 2021 10:35
0

ކޮމޭޑިއަން، ޓީވީ ހޯސްޓް އަދި ޕްލޭބެކް ލަވަކިޔުންތެރިއެއްކަމަށްވާ ސުގަންދާ މިޝްރާގެ ކައިވެނި މިމަހުގެ 26 ވަނަ ދުަވަހަށް މިހާރުވަނީ ތާވަލުކޮށްފަ އެވެ.

އެގޮތުން އޭނާ ކައިވެނި ކުރަނީ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޑރ. ސަންކެތު ބޯސްލޭއާ އެވެ. ސަންކެތަކީވެސް ކޮމޭޑިއަނެއް އަދި މިމިކްރީ އާޓިސްޓެކެވެ. މި ދެ މީހުންވެސް ވަނީ މި އުފާވެރި ޚަބަރު އިންސްޓްގަރާމުގައި ހިއްސާކޮށްފަ އެވެ.

މި އުފާވެރި ޚަބަރާ އެކުގައި މި ދާއިރާގެ ވަރަށް ގިނަ ފަރާތްތަކުން ވަނީ މި ދެލޯބިވެރިންނަށް މަރުހަބާ ކިޔާފައެވެ. މީގެ ތެރޭގައި ނޭހާ ކައްކަރް، މާހީ ވިޖް އަދި މިއުޒިކް ކޮމްޕޯސަރެއް ކަމުގައިވާ ޓޯނީ ކައްކަރް ފަދަ ތަރިން ހިމެނެއެވެ.

 

View this post on Instagram

 

A post shared by ???????? ?????? (@sugandhamishra23)

ސުގަންދާ އަކީ ޓީވީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އެންމެ ފުރަތަމަ ބެލުންތެރިންނާއި ހަމައަށް އޭނާ ފެނިގެން ގޮސްފައިވަނީ 2008 ވަނަ އަހަރު ބޭއްވި "ދަ ގްރޭޓް ލޯޓާރ ޗެލެންޖު" އިންނެވެ. ފަހުން "ދަ ކަޕިލް ޝަރްމާ ޝޯވ" އިން ވިދްޔަވާތީގެ ރޯލުން އޭނާވަނީ ފެނިގެން ގޮސްފަ އެވެ.

ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ރީތި މީހަކަށްވެ ހުރެ ކޮމެޑީ ދާއިރާގައި މަސައްކަތް ކުރުމަކީ ވަރަށް އުނގޫ ކަމެއް ކަމަށެވެ. އެއީ އާންމުކޮށް ބުރުސޫރަ ރީތި ކުދިން ޝައުގުވެރި ވަނީ އެކްޓް ކުރުމާއި "ޕްރިޓީ" ކޮށް ހުރުމަށް ކަމަށްވާތީއެވެ. ކޮމޭޑިއަންއަކަށް ވެހުރެ ބައެއް ފަހަރު ހަޑިކޮށްވެސް އުޅެން ޖެހޭކަމަށްވެސް ސުގަންދާ ވަނީ ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.