އެންއައިސީއަށް ޤާސިމް އާއިއެކު 4 މެމްބަރަކަށް ރުހުންދީފި

އެންއައިސީއަށް ޤާސިމް އާއިއެކު 4 މެމްބަރަކަށް ރުހުންދީފި

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2020 01:51
0

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ޤާސިމް ޢަބްދުލްކަރީމާއި އެކު 3 މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާކޮމިޓީން ޤާސިމްގެ މައްސަލަ ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ޤާސިމް އައްޔަން ކުރަން ފެންނަކަށް ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 3 ބައި ކޮށްފަ 2 ބައި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

މަޖިލީހުން އައްޔަންކުރި 4 މެމްބަރަކަށް ވޯޓްލިބިފައިވާގޮތް:
– ޤާސިމް ޤާސިމް ޢަބްދުލްކަރީމް 51 ވޯޓް
– އާމިނަތު ޝާދިޔާ 50 ވޯޓް
– އާމިނަތު ޝިއުނާ 50 ވޯޓް
– ޝުއައިބް ޢަބްދުއްރަހުމާން 51 ވޯޓް

ޤާސިމް ޢަބްދުލްކަރީމަކީ ސަރުކާރުގެ ތެރެއިން މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނަތާ ގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް ފަޅާ އަރުވާލި ފަރާތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ޤާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.

މި4 ބޭފުޅުން ނޭޝަނަލް އިންޓަރ ގްރިޓީ ކޮމިޝަނަށް އައްޔަން ކުރުމާއިއެކު ކޮމިޝަންގެ މެމްބަރުންގެ އަދަދު ވަނީ ހަމަވެފައެވެ. އެންއައިސީއަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމާއި، އެފަދަ ޢަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.