ދެ ދަރިންގެ ފޮޓޯއެއް މިފަހަރު ހިއްސާކުރީ ކަރީނާ!

ދެ ދަރިންގެ ފޮޓޯއެއް މިފަހަރު ހިއްސާކުރީ ކަރީނާ!

Author
ޢަލީ އާދަމް
17 އޭޕްރިލް 2021 06:45
0

ދެ ދަރިންނާއި އެ ކުދިންގެ ބައްޕަ ސައިފް އަލީ ޚާން ފެންނަ ފޮޓޯއެއް ކަރީނާ ކަޕޫރު ޚާން އިންސްޓަގްރާމުން ހިއްސާކޮށްފި އެވެ.

ފެބްރުވަރީ މަހުގެ 21 ވަނަ ދުވަހު ދެވަނަ ދަރިފުޅު ލިބުނު ކަރީނާ އަދި މިހާތަނަށް އޭނާގެ އެ ދަރިފުޅުގެ މޫނު ފެންނަ އެންމެ ފޮޓޯއެއްވެސް ހިއްސާނުކުރެ އެވެ. މިފަހަރު އިންސްޓަގްރާމުން ދޫކޮށްލި ފޮޓޯގައިވެސް ފެންނަނީ ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރާއި ބައްޕަ، ބާއްވާލާފައި އޮތް ކޮއްކޮގެ މޫނަށް ބަލަހައްޓައިގެން ތިބޭތަނެވެ. އަދި މި ޕޯސްޓްގައި "މަގޭ ހަފްތާ ބަންދު ފެންނަ ގޮތަކީ މިއީ" ކަމަށް ލިޔެލާފައި ވެއެވެ.

މި ފޮޓޯގެ އިތުރުން މީގެ ކުރިން ދަރިފުޅު އުރާލައިގެން ކަރީނާ ހުންނަ، "ބްލެކްއެން ވައިޓް" ފޮޓޯއެއްވެސް ވަނީ އާންމުކޮށްފަ އެވެ. އެފޮޓޯގައި ވެސް ދަރިފުޅުގެ މޫނު ނުފެނެއެވެ.

އެހެން ނަމަވެސް ދާދިފަހުން ދަރިފުޅުގެ ކާފައަށް އޮޅުމަކުން ވަނީ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އާންމުކުރެވިފަ އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ފޮޓޯވެސް ސޯޝަލް މީޑިއާއިން ނަގާފައި ވީނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފޮޓޯގެ ސްކްރީން ޝޮޓްތައް ވަނީ މުޅި ސޯޝަލް މީޑިއާގައި ފެތުރިގެންފަ އެވެ.

ކަރީނާގެ ދެވަނަ ދަރިފުޅު ފެންނާނެ ވަގުތަކަށް ގިނަ ފޭނުން އިންތިޒާރުކުރާ ފަދައިން އެ ކުއްޖާއަށް ކިޔާނެ ނަމަކީވެސް ކެއްތެރިކަމާއެކު ގިނަބަޔަކު އިންތިޒާރުކުރާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.