2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާގެ ދަރަނި

2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާގެ ދަރަނި

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2020 12:03
0

ދައުލަތުގެ ދަރަނި 2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ދައުލަތުގެ ދަރަންޏާއި ގުޅޭ ރިޕޯޓުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވަނީ ފިނޭންސް މިނިސްޓްރީން ދެއްވާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް މަޖިލީހުން އެކުލަވާލި ރިޕޯޓް އާންމުކޮށްފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ދަރަނި އިންތިހާއަށްބޮޑުވެ މިއަދު ދަރަނި އަދާކުރަން ޖެހިފައިވަނީ 2012 އިން 2018 އަށް ދަރަނި ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުންކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ވަރަށްބޮޑަށް ކޯފާ އިސްކުރައްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައީސް ޞާލިހާއި، ފިނޭންސް މިނިސްޓަރަށް އެއްޗެއް ނޭގޭކަމަށް ދޭހަވާ ގޮތަށް މަޖިލިސް ތަޅުމުގައި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި މަޖިލީހުން މިފަދަ ކަންކަން ކުރައްވަން ވާނީ ވަރަށް ޒިންމާދާރު ގޮތަކަށް ކަމުގައި ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ މިވާހަތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ޝަރީފްގެ ވާހަތަކުން ކުރަން އުޅޭ މަސައްކަތަށް ވަރަށްބޮޑަށް ހުރަސް އެޅޭކަމަށެވެ. އަދި މިކަމަކީ އެއްވެސް ހާލަތެއްގައި ދައުލަތް ފަލީހަތްކޮށް ދައުލަތަށް ދެރައެއް ދިނިމުގެ ބޭނުމުގައި ކުރިކަމެއް ނޫންކަމަށެވެ. މަޖިލިސް ރައީސް ވިދާޅުވީ ދަރަނީގެ ޒިންމާ އެންމެންގެ ބޮލަށް އަންނަ އެއްޗަކަށްވާއިރު މިކަމުން ސަލާމަތްވުމަށް ކުރެވެން އެތް މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

ދައުލަތުގެ ދަރަނި ބޮޑުވާ މައްސަލަ ހައްލުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވާ ކަންކަމުގެ ތެރޭގައި ފިސްކަލް ޕޮލިސީއާ އެއްގޮތަށް ދައުލަތުގެ އާމްދަނީ ބިލްތައް ހަދައި ތަންފީޒްކުރުމާއި، ޕީއެސްއައިޕީ މަޝްރޫޢުތަައް ފައިސާ ނުލިބެނީސް ނުފެށުން ހިމެނެއެވެ. އަދި ވަކިކަމަކަށް ބަޖެޓުގައި ކަނޑައަޅަފައިވާ ފައިސާ އެކަމަކަށް ޚަރަދުކުރުމާއި އެހެންކަމަކަށް އެބަޖެޓް ޚަރަދުކުރާނަމަ އެކަން ރަނގަަށް ރެގިއުލޭޓްކުރުންވެސް ހިމެނެއެވެ.

މި ސަރުކާރުން މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ނެގި އެވެ. އަދި މި އަހަރުގެ މިހާތަނަށް ބަލާއިރު ވެސް ބޭރުގެ ގިނަ އިދާރާ ތަކުން ވަނީ ލޯނު ހޯދާފަ އެވެ. ދާދިފަހުން އިންޑިއާއިން ނެގި 250 ބިލިއަން ރުފިޔާ ވެސް ވާނީ ދަރަންޏަށެވެ. އެހެން މި އަހަރު ދަރަނި އިތުރަށް މަތިވުމުގެ ބިރު އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.