ބިގް ބޮސް 14 ގެ ބައިވެރިއެއް ކަމަށްވާ އަލީ ގޯނީ އަށް ބެލުންތެރިއެއްގެ ފަރާތުން ވަނީ ކައިވެނި ޕްރޮޕޯސަލެއް ލިބިފައެވެ. މި ޕްރޮޕޯސަލް ލިބިފައިވަނީ އޭނާގެ ފޭނުންނާއެކު އެކުގައި ކުރިއަށް ގެންދިޔަ އޮންލައިން ޗެޓް ސެޝަނެއްގަ އެވެ. މި ސުވާލަށް ޖަވާބު ދެމުން އަލީ ގޯނީ ބުނެފައިވަނީ ކައިވެނި ކުރަން ބޭނުމިއްޔާ ޖެހޭނީ ޖޭސްމިން ބާސިންގެ ހުއްދަ ހޯދަން ކަމަށެވެ.
އިންސްޓްގްރާމުގައި އޭނާ ކުރިއަށް ގެންދިޔަ ސެޝަންގައި ބެލުންތެރިން ބޭނުންވާ ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލިއިރު އޭނާ ޖަވާބު ދީފައި ވަނީ ފަސް ސުވާލަށެވެ. އެގޮތުން ކައިވެނި ކުރާނަންތޯ އެހުމުން އަލީ ބުނެފައިވަނީ ޖެހޭނީ ޖޭސްމީން ކައިރިން ހުއްދަ ހޯދަން ކަމަށެވެ. އަދި ހުއްދަ ހޯދަން ކެރޭނެ ތޯ ވެސް އޭނާވަނީ ސުވާލު ކޮށްފަ އެވެ.
އަލީ އާއި ޖޭސްމީން އަކީ ވަރަށް ކުރިއްސުރެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. އެގޮތުން މި ދެމީހުން ވަނީ ސަލްމާން ޚާންގެ ބިގް ބޮސް 14 އިންވެސް އެކުގައި ފެނިގެންގޮސްފަ އެވެ.
މި ޝޯވ މިދިޔަ އޮކްޓޫބަރު މަހު ފެށި އިރު ޖޭސްމިން ބިގްބޮސްގެ ގެއަށް ވަދެފައި ވާއިރު، އަލީ ޝޯވއާ ގުޅުނީ ޖޭސްމީންއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެގޮތުން އޭނާ ވަނީ ޖޭސްމިން ސަލާމަތްކުރުމުގެ ގޮތުން ޝޯއިން ވަކިވެފަ އެވެ. އަދި އޭނާ ވަނީ އަލުން "ވައިލްޑް ކާރޑް" އެންޓްރީ އެއްގައި އަލުން ޝޯވއަށް ވަދެފައެވެ.
ބިގް ބޮސް ނިމުމަށްފަހު މި ދެމީހުން ވަނީ އެކުގައި ކުރު ޗުއްޓީއެއްވެސް ހޭދަކޮށްފަ އެވެ. އަދި މި ދެމީހުން އެކުގައި ވަރަށް ގިނައިން ދަނީ ފެންނަމުންނެވެ. އެހެންކަމުން މި ދެމެދުގައި އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަ ވަމުންދާކަމަށް ފޭނުން ބުނެ އެވެ.