ބޮލީވުޑްގެ ކަޅާއި ހުދުގެ ޒަމާނުގެ ތަރި ޝަޝީކަލާ އޯމް ޕްރަކާޝް އުމުރުން 88 އަހަރުގައި މަރުވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ޝަޝީކަލާވަނީ 100 އަށް ވުރެ ގިނަ ފިލްމުގެ ސަޕޯޓިން ރޯލުތަކާއި ނުބައިބައި ރޯލުތަކުން ބެލުންތެރިންގެ ސަމާލުކަމާއި ލޯބި ހޯދާފަ އެވެ. ސަޝީކަލާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ބިމްލާ"، "ސުޖާތާ"، "އާރްތީ"، "އަނުޕަމާ"، "ވަޤްތު"، "ގުމްރާހް"، އަދި "ޚޫބްސޫރަތު" ހިމެނެއެވެ.
ޝަޝީކަލާ ވަކިވެގެން ދިއުމާއެކު ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ގެންދަނީ އޭނާގެ ހަނދާން އާކޮށް ތައުޒިޔާ ފޮނުވަމުންނެވެ. އެގޮތުން ބޮލީވުޑްގެ 70 އާއި 80 ގެ ސުޕަސްޓަރ ދަރްމެންދްރާ ބުނެފައިވަނީ ޝަޝީކަލާ ފިލްމުތަކުގައި ނުބައި ރޯލުތަށް ކުޅެފައި ވީނަމަވެސް އޭނާއަކީ ހޫރުޕަރީއެއް ފަދަ މީހެއްކަމަށެވެ. މީގެއިތުރުން ޕަދްމިނީ ކޯލަޕޫރީ ބުނީ ޝަޝީކަލާ އަކީ ދައްތައެއްފަދަ މީހެއް ކަމަށެވެ. މީގެ އިތުރުން ލަތާ މަންގޭޝްކަރް، ޝަރްމީލާ ޓެގޯރް، ފަރްހާން އަޚްތަރު އަދި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިންވެސް ވަނީ ޝަޝީކަލާގެ ހަނދާން އާކޮށްފައެވެ.
ކުރީގެ މަޝްހޫރު ކޮމެޑިއަން ޖަގްދީޕްގެ ދަރިފުޅު ނާވިދް ޖަފްރީ ވަނީ ސަޝިކަލާގެ މަރުގެ ޚަބަރު ހިތާމައާއި އެކުގައި ހިއްސާ ކޮށްފައެވެ. އޭނާ ބުނަފައިވަނީ ސަޝިކަލާއަކީ ވަރަށް ހުނަރުވެރި ތަރިއެއްކަމަށާއި އޭނާ އެދެނީ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ކަމަށެވެ.
Our dear Shashikala Ji is no more. She was a great artist. May the almighty give the family strength and patience to bear this irreplaceable loss. Deepest condolences ?#ShashiKala #RIPShashikala pic.twitter.com/qTx90g4sVl
— Naved Jafri (@NavedJafri_BOO) April 4, 2021
މީގެ އިތުރުން އިންޑިއާގެ މަޝްހޫރު ސިޔާސީ އަދި ވިޔަފާރިވެރިއެއް ކަމަށްވާ ޕްރަފުލް ޕަޓެލް ވެސް ވަނީ މިހިތާމާއިގައި ބައިވެރިވެފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ސަޝިކަލާވަނީ ފިލްމީ ދާއިރާއަށް ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދީފަ ކަމަށެވެ.
Deeply saddened by the demise of Veteran actress Shashikala ji. She made a noteworthy contribution to Indian Cinema by portraying several pivotal roles. My heartfelt condolences to her family members. May her soul rest in peace ??#Shashikala #RIP pic.twitter.com/N5B7q62yls
— Praful Patel (@praful_patel) April 4, 2021
ސަޝިކަލާ ވަނީ އޭނާގެ ފިލްމު "އާރްތީ ގުމްރާހް"ގައި އަދާކުރި ރޯލުން ފިލްމު ފެއާވެސް ހާސިލުކޮށްފަ އެވެ. އިންޑިއާ ސަރުކާރުންވަނީ އޭނާ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތަށް 2007 ވަނަ އަހަރު ޕްރިސްޓީޖިއަސް ޕަދްމާ ޝްރީ އެވޯޑްވެސް ދީފަ އެވެ. މީގެ އިތުރުން 2009 ވަނަ އަހަރު ސަޝިކަލާއަށް ވަނީ ވީ ޝަންތަރަމް އެވާޑްވެސް ލިބިފަ އެވެ.
ކޮމެންޓު ފޮނުވާ