ސޯމީ އަލީ ބޮލީވުޑްގައި ހޭދަކުރި ހިތްދަތި ދުވަސްތައް

ސޯމީ އަލީ ބޮލީވުޑްގައި ހޭދަކުރި ހިތްދަތި ދުވަސްތައް

Author
ފާތިމަތު ނާވީ
05 އޭޕްރިލް 2021 05:12
0

ސޯމީ އަލީ ވަނީ އޭނާއަކީ ބޮލީވުޑްގައި "މިސްފިޓް" އެއްކަމަށް ބުނެފައެވެ. އެގޮތުން އޭނާ ވަނީ ބޮލީވުޑްގައި އޭނާ ހޭދަކުރި މަދު ދުވަސްކޮޅުގައި ދިމާވެފައިވާ ބައެއް ކަންތައްތަކުގެ ވާހަކަ ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ.

އޭނާ ބުނިގޮތުން ބައެއް ޑައިރެކްޓަރުންވަނީ އޭނާގެ ނާޖާއިޒު ފާއިދާނަގަން މަސައްކަތް ކޮށްފައެވެ. އަދި އޭނާ އޭރު އުޅުނީ "އެބިއުސިވް" ގުޅުމެއްގައި ކަމަށްވެސް ސޯމީ ވަނީ ބުނެފައެވެ.

ސޯމީ މުމްބާއީއަށް އައިސްފައިވަނީ 90ގެ އަހަރުތަކުގައި ސަލްމާނު ޚާނާ އިނުމުގެ ހުވަފެން ދެކިގެންނެވެ. އެގޮތުން ސޯމީ އަދި ސަލްމާންވަނީ 8 އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައެވެ. އެދުވަސްތަކުގައި އޭނާއަށް ސަލްމާނުގެ ފަރާތުންއެއްވެސް އެއްޗެއް ދަސްވެފައި ނުވާ ކަމަށާއި މިހާރު ސަލްމާނާ އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާތާ 5 އަހަރުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ސޯމީ ބުނެފައިވަނީ އޭނާ ސަލްމާން އާއި ރުޅިވީ ސަލްމާން ޚާން އޭނާއަށް ބޭވަފާތެރިވުމުން ކަމަށެވެ. އެންމެ ފުރަތަމަ ސަލްމާން ފެނުމުން އޭނާ ބޭނުންވީ ސަލްމާނާ ކައިވެނި ކުރުމަށް ކަމަށްވެސް ސޯމީ ވަނީ ބުނެފައެވެ. އަދި އޭނާގެ މަންމަ ކައިރީގައި ވަރަށް އާދޭސް ކުރުމަށްފަހު އޭނާ މުމްބާއީއަށް އައިސްފައިވަނީ ހަމައެކަނި ސަލްމާންއާ ކައިވެނި ކުރުމުގެ މަގުސަދުގައި ކަމަށް ސޯމީ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Somy Ali (@realsomyali)

ބޮލީވުޑްގައި އޭނާ ހޭދަކުރި މަދު ދުވަސްކޮޅުގައ އޭނާވަނީ ސަލްމާން ޚާން، ސައިފް އަލީ ޚާން މިތުން ސުނިލް ޝެޓީ ފަދަ ތަރިންނާއެކު އެކި ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. އޭނާ ބުނާގޮތުން މި ތަރިންނާއެކުވެސް އޭނާ މަސައްކަތްކުރީ ފިލްމުކުޅުމުގެ ޝައުގައްވުރެ ބޮޑަށް ސަލްމާނާ ގާތްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.