އަދިތިޔާގެ ދެމަފިރިންނަށްފަހު އަކްޝޭވެސް ކޯވިޑަށް ޕޮޒިޓިވް!

އަދިތިޔާގެ ދެމަފިރިންނަށްފަހު އަކްޝޭވެސް ކޯވިޑަށް ޕޮޒިޓިވް!

Author
ފާތިމަތު ނާވީ
04 އޭޕްރިލް 2021 08:12
0

ބޮލީވުޑްގެ ސުޕަސްޓަރ އަކްޝޭ ކުމާރުވެސް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އަކްޝޭ މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވަނީ އޭނާއަށް ކޯވިޑްޖެހުނުކަން ހާމަކޮށްފައެވެ.

އަކްޝޭ ބުނެފައިވަނީ އޭނާ ކޯވިޑަށް ޕޮޒިޓވް ވި ކަން އެނގިފައި ވަނީ ހެނދުނު ކަމަށާއި މި ވަގުތު ހުރީ ހޯމް ކަރަންޓީނުގައި ކަމަށެެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައި ވާކަމަށްވެސް މި ޓްވީޓް ގައި އަކްޝޭ ބުނެފައިވެއެވެ. އަދި ހަމަ އެއާއި އެކު އެއްވެސް ގޮތަކަށް ކޮންޓެކްޓުވެފައި ވާ ފަރާތެއް ހުރިނަމަ އަވަހަށް ކޯވިޑައަށް ޓެސްޓު ކުރުމަށް ވަނީ އިރުޝާދު ދީފައިއެވެ.

އަކްޝޭ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ބިޒީ އެކްޓަރުންގެ ތެރެެއިން އެކަކެވެ. 53 އަހަރުގެ އެކްޓަރު މިވަގުތު މަސައްކަތްކުރަމުން ގެންދަނީ އޭނާ އާކިއޮލޮޖިސްޓެއްގެ ގޮތުގައި ފެނިގެންދާނެ ފިލްމް "ރާމް ސެތޫ" ގައެވެ.

މިއަދު އަކްޝޭ ކޯވިޑަށް ޕޮޒިޓިވްވީކަން އިއުލާންކުރި އިރު، އިއްޔެ ވަނީ އިންޑިއަން އައިޑަލްގެ ހޮސްޓް އަދި ލަވަކިއުންތެރިޔާ އަދިތިޔާ ނާރާޔަން އާއި އޭނާގެ އަންހެނުން ސްވެތާ އަގަރްވާލް ކޯވިޑަށް ޕޮޒިޓިވްވީކަން އަދިތިޔާގެ އިންސްޓަގްރާމްގައި ހާމަކޮށްފައެވެ. އަދިތިޔާ ބުނީ ދެމީހުންގެ ހާލު ރަނގަޅު ކަމަށާއި މިހާރު އެ ދެމީހުން ތިބީ ކަރަންޓީނުގައި ކަމަށެވެ.

އަދިތިޔާ ޕޮޒިޓިވް ވުމާއެކު އޭނާ އެނބުރި އިންޑިއަން އައިޑަލްއަށް އަންނަންދެން ޝޯވ ހޯސްޓްކުރުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޓީވީ ހޯސްޓް ޖައޭ ބަނޫޝާލީ އެވެ.

މި ފަހުން ބޮލީވުޑުން ކޯވިޑަށް ޕޮޒިޓިވްވީ މަޝްހޫރު ތަރިންގެތެރޭ އާމިރް ޚާން، ކާތިކް އާރިޔާން، އާލިއާ ބަޓް ސިދާތު ޗަތުރުވެދީ ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.