ބޮލީވުޑް ގެ މަޝްހޫރު ތަރި ގޯވިންދާ ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް ގޯވިންދާގެ ހާލަތު ރަނގަޅުކަމަށް އޭނާ ގެ އަންހެނުން ސުނީތާ ބުނެއެވެ. ގޯވިންދާއާ ހަވާލާދީ އޭނާގެ ސްޕޯކްސް ޕާސަން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގޯވިންދާ ކޯވިޑްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މި ވަގުތު ހުރީ ހޯމް ކަންރަންޓީނުގައި ކަމަށެވެ. އަދި ބަލީގެ އަސަރު ފެންނަނީ ވަރަށް ކުޑަކޮށް ކަމަށްވެސް ބުނެފައިވެ އެވެ.
ސުނީތާ ވަނީ ގޯވިންދާ އާ އެއްވެސްގޮތަކަށް ކޮންޓެކްޓް ވަފައި ހުރި ފަރާތެއް ހުރިނަމަ ޓެސްޓު ކުރަން އެދިފަ އެވެ. ސުނީތާވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެ މީގެ ދުވަސްކޮޅެއް ކުރިން ރަނގަޅު ވެފައެވެ.
އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ސުނީތާ ބުނެފައިވަނީ ގޯވިންދާގެ ހާލާތު ބެލުމަށް ޑޮކްޓަރުންގެ އިރުޝާދު ހޯދަމުންދާކަމަށާއި މި ވަގުތު އެ ގޭގައި ތިބި އެންމެން ޓެސްޓް ކޮށްފައިވާކަމަށެވެ. އަދި ގޯވިންދާ ފިޔަވާ އެހެން އެންމެންގެ ނަތީޖާ ނެގެޓިވް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ގޯވިންދާ އެންމެ ފަހުން ފެނިގެން ދިއައީ 2019 ވަނަ އަހަރު "ރަންގީލާ ރާޖާ" ކިޔާ ފިލްމަކުންނެވެ.
އިންޑިއާގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާއިރު ފަހަކަށްއައިސް ގިނަ އަދަދަކަށް ފިލްމީތަރިން މި ބައްޔަށް ޕޮޒިޓިވްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.