ޝަރުއީ ދާއިރާއަށް މިހާރު ފާޑު ކިޔުމުގެ އެއްވެސް ހުރަހެއް ނެތްކަމަށާއި، ފާޑުކިޔައިގެން ހުއްދަ ބާތިލް ކޮށްފާނެ ކަމުގެ ބިރެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ޤާނޫނީ ވަލީލުންގެ ތެރެއިން ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުން އިއްޔެ ހުވާ ކުރުމާއި ގުޅިގެން އެކަމަށް މަރުޚަބާ ވިދާޅުވެ ސިރާޖް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޝަރުއީ ނިޒާމުގައި މައްސަލަ ހުރިނަމަ އެކަމަށް ފާޑުކިޔުމުގެ ފުރުސަތު ލިބެންޖެހޭކަމަށެވެ. މާޒީ ހަނދާންތައް އާ ކުރައްވައި ސިރާޖް ވިދާޅުވީ މީގެ ކުރިން ޝަރުއީ ދާއިރާއަށް ފާޑުކިޔުމުން އެއީ ވަރަށްގޯސްކަމެއް ކަަމަށް ވެފައިވާކަމަށެވެ.
މިއަދު ޝަރުއީ ދާއިރާގައި ހުރި މައްސަކަތަކަށާއި، ޝަރުއީ ނިޒާމުގައި ހުރިކަންކަން އިސްލާހު ކުރުމަށް ފާޑުކިޔައި އަޑު އުފުލުމަކީ އެމީހެއްގެ ހުއްދަ ހިފަހައްޓައި، ޝަރުއީ ދާއިރައިން އެމީހާ ބާކީވާނެ ކަމެއް ނޫންކަމަށެވެ. ޒިންމާދާރުކަމައިއެކު ކިޔާ ކޮންމެ ފާޑަކީ ޝަރުއީ މަރުހަލާވެސް އަދި މުޅި ދައުލަތްވެސް މަރުހަބާ ކިޔާނެ ކަންތައްތަކެއްކަމަށް ސިރާޖް ވިދާޅުވިއެވެ.
ޤާނޫނީ ވަކީލު ކަމުގެ ހުވާ ކުރެއްވި އެންމެހައި ފަރާތްތަކަށް މަރުޙަބާ ދަންނަވަން އަދި ކާމިޔާބީއަށް އެދެން.
ނިޒާމުގައި ހުންނަ ގޯސް ރަނގަޅު ކުރެވޭނީ އެކަމަށް ފާޑު ކިޔައިގެން.
މިހާރު މިނަވަންކަމާއެކު ފާޑު ކިޔޭނެ. ހުއްދަ ބާތިލް ކޮށްފާނެ ކަމުގެ ބިރު ނައްތާލެވިއްޖެ. pic.twitter.com/ornGmarTxt
— Moosa Siraj (@MoosesSiraj) October 18, 2020
މޫސާ ސިރާޖްވަނީ މިވެރިކަމުގައިވެސް ޝަރުއީ ދާއިރައަށް ފާޑުވިދާޅުވެ ޝަރުއީ ދައިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކޮށް ޓްވީޓް ކުރުމުން ސްޕްރީމް ކޯޓަށްވެސް ހާޒިރުކޮށްފައެވެ. ސިރާޖުވެސް ހިމެނޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ ޖުޑިޝަރީއަށާއި، ސްޕްރީމްކޯޓަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އަދި ރާއްޖޭގެ ގިނަ މެޖިސްޓްރޭޓުން ބަދަލުކޮށް ޝަރުއީ ދާއިރާއަށް ދަނީ ބޮޑެތި ބަދަލުތައް ގެންނަވަމުންނެވެ.
އިއްޔެ ފަނޑިޔާރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ޤާނޫނީ ވަކީލުންގެ ދާއިރާއަކީ އަމިއްލަ މަންފާއާއި، މަސްލަހަތަށްވުރެ ނަޒާހާތްތެރިކަމާއިއެކު މުޅި މުޖުތަމައުގެ މަންފާއާއި ލާބަޔަށް ހިދުމަތް ކުރަންޖެހޭ ދާއިރާއެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ