ކްރިތީ އޭނާގެ ފިރިމީހާއާ ވަކިވަނީ!

ކްރިތީ އޭނާގެ ފިރިމީހާއާ ވަކިވަނީ!

ހިންދީ ފިލްމް "ދަ ގާރްލް އޮން ދަ ޓްރެއިން" އިން ބެލުންތެރިންނަށް ފެނިގެންދިޔަ ފިލްމީ ތަރި ކްރިތީ ކުޅާރީ ވަނީ އޭނާގެ ފިރިމީހާއާ ވަކިވާ ވާހަކަ ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން އިންސްޓްގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ކްރިތީ ބުނެފައިވަނީ މި ވަކިވުމަކީ ލިޔުމުން ވަކިވާ ވަކިވުމެއް ނޫންކަމަށާއި މުޅި ދިރިއުޅުމުންވެސް ދެމީހުން ވަކިވަނީ ކަމަށެވެ.

މި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މި ނިންމުމަކީ ވަރަށް އުދަނގޫ ނިންމުމެއްކަމަށެވެ. އަދި މިއީ ކްރިތީ އާއި އޭނާގެ ފިރިމީހާ ސާހިލް ސޭގަލްއާ ދެމީހުން ވެސް އެއްބަސްވެގެން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ޕޯސްޓުގައި ލިޔެފައިވެ އެވެ. އިތުރަށް ކްރިތީ ބުނެފައިވަނީ މި ނިންމުމަށް އޭނާގެ އާއިލާ އާއި ރައްޓެހިންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށާއި އަދި މި މައުޟޫއަށް އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Kirti Kulhari (@iamkirtikulhari)

މި ޕޯސްޓަށް އޭނާގެ ރައްޓެހިންނާއި އާއިލާގެ މީހުންވަނީ ހިތްވަރު ދެމުން ކޮމެންޓް ކޮށްފަ އެވެ. އަމްރިތާ ޕޫރީ ކޮމެންޓުކުރަމުން ބުނެފައިވަނީ ކްރިތީ ހިތްވަރުގަދަކަމަށާއި ސޯޝަލް މީޑިއާގައި ތެދުވެރިކަން އިޚްތިޔާރު ކުރުމުން އޭނާއާއި މެދުގައި ފަޚުރުވެރިވާކަމަށެވެ. ކްރިތީއަށް ހިތްވަރު ދެމުން ސަޔާނީ ގުޕްތާ ލިޔެފައިވަނީ ބޭނުންވާ ވަގުތެއްގައި އަބަދުވެސް ހުންނާނެ ކަމަށެވެ.

އެންމެ ފުރަތަމަ ކްރިތީ ބޮލީވުޑުން ފެނިގެން ގޮސްފައިވަނީ 2010 ވަނަ އަހަރު ހިންދީ ފިލްމު "ކިޗްޑީ" އިންނެވެ. އެއަށްފަހު 2011 ވަނަ އަހރު ފިލްމު "ޝައިތާން"ގެ ރޯލަކުންވެސް ކްރިތީވަނީ ފެނިގެންގޮސްފަ އެވެ. ހަމައެހެންމެ ކާމިޔާބު ފިލްމުތަކުންވެސް ކްރިތީވަނީ ބެލުންތެރިންނާއި ހަމަޔަށް ފެނިފަ އެވެ. އެގޮތުން "ޕިންކް"، އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަދި "މިޝަން" ހިމެނެއެވެ.

އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ މިއަހަރު ނެރުނު ހިންދީ ފިލްމް "ދަ ގާރްލް އޮން ދަ ޓްރެއިން" އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *