66 ވަނަ ފިލްމްފެއާ އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ތާޕްސީ ޕަންނޫގެ "ތައްޕަޅް" ހޮވިއްޖެ އެވެ.
އެންމެ މޮޅ ފިލްމުގެ އެވޯޑްގެ އިތުރުންވެސް މި ފިލްމުން ވަނީ މިއަހަރުގެ ފިލްމްފެއާގައި ގިނަ އެވޯޑްތަކެއް ހޯދާފައެވެ. މިފަހަރުގެ ފިލްމްފެއަރ އެވޯޑުން ފާހަގަކޮށްލެވޭ ބައެއް އެވޯޑްތަކަށް ބަލާއިރު، ސުޝާންތު ސިންގް ރާޖްޕުތުގެ ފިލްމް "ދިލް ބޭޗާރާ"ގެ ޓައިޓަލް ލަވައަށް ފަރަހް ޚާނަށް ވަނީ ބެސްޓް ކޮރެއޯގްރަފީ އެވޯޑް ލިބިފައެވެ. މިއީ އޭނާގެ7 ވަނަ ފިލްމްފެއާ އެވޯޑެވެ. އަދި އެންމެ މޮޅު ފިރިހެން އެކްޓަރ "ފިލްމު އަންގްރޭޒީ މީޑިއަމް" އިން އިރްފާން ޚާނަށް ލިބުނުއިރު އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވުނީ "ތައްޕަޅް" އިން ތާޕްސީ އެވެ.
We get this feeling, @taapsee. #VimalElaichiFilmfareAwards pic.twitter.com/6xzZBA8WwT
— Filmfare (@filmfare) March 29, 2021
އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑުވެސް ހިމަނައިގެން "ތައްޕަޅް" އަށް ވަނީ ޖުމުލަ 6 އެވޯޑް ލިބިފަ އެވެ. މި ފިލްމުގެ ލަވަ "އެކް ޓުކްޑާ ދޫޕް" ކިޔާފައިވާ ރާގަވް ޗައިތަންޔާ ވަނީ އެންމެ މޮޅު ފިރެހެން ޕްލޭބެކް ލަވަކިޔުންތެރިޔާގެ އެވޯޑު ހޯދާފައެވެ. މީގެ އިތުރަށް މި ފިލްމަށްވަނީ އެންމެ މޮޅު ބެކްގްރައުންޑް މިއުޒިކްގެ އެވޯޑާއި އެންމެ މޮޅު އެޑިޓިންގެގެ އެވޯޑާއި އެންމެ މޮޅު ސައުންޑް ޑިޒައިނިންގެ އެވޯޑާއި ލިބިފައެވެ.
Dreamworks! @anubhavsinha and #BhushanKumar won the Best Film award for #Thappad at the #VimalElaichiFilmfareAwards 2021. pic.twitter.com/tZiT9KRjyn
— Filmfare (@filmfare) March 29, 2021
2020 ވަނަ އަހަރު ސިނަމާތަކުން ފެނިގެންދިޔަ މި ފިލްމުވަނީ ވަރަށް ގިނަ ބެލުންތެރިނަށް ކަމުދިޔަ ފިލްމަކަށްވެފަ އެވެ. އެގޮތުން މި ފިލްމުން ދައްކުވައިދެނީ ގެވެށި އަނިޔާގެ މައްސަލައެކެވެ.
މި ފިލްމަށް ގިނަ ބެލުންތެރިންގެ ތަރުހީބު ލިބިގެންގޮސްވައިވަނީ މިއީ އާންމުކޮށް މިހާރުގެ މުޖްތަމައިން ފެންނަ މަންޒަރެއްކަމަށްވުމާއި އެކުގައިކަމަށް ބެލެވެއެވެ. މި ފިލްމަކީ ބޫޝަން ކުމާރްގެ ޑައިރެކްޝަނެކެވެ. މި ފިލްމުން ފެނިގެން ދިޔައީ ތާޕްސީ ޕަންނޫ، ދިއާ މިރްޒާ، މާޔާ ސަރައޯ އަދި ކުމުދް މިޝްރާ އެވެ.
Oh la la!
Here are some stills from the dapper @iHrithik’s power-packer performance at the #VimalElaichiFilmfareAwards 2021. pic.twitter.com/K13tfEUaT3
— Filmfare (@filmfare) March 28, 2021
66 ވަނަ ފިލްމްފެއާ އެވޯޑް ހަފްލާ އަންނަ މަހުގެ 11 ވަނަ ދުވަހު ކަލާޒް ޗެނަލުން ގެނެސްދޭނެ އެވެ.