ބަންޓީ އޮރް ބަބްލީ 2 ނެރުން ފަސްކޮށްފި

ބަންޓީ އޮރް ބަބްލީ 2 ނެރުން ފަސްކޮށްފި

އަންނަމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރަން ކުރިން ނިންމާފައިވާ ފިލްމް "ބަންޓީ އޮރް ބަބްލީ 2″ ސިނަމާތަކުގައި އެޅުވުން އަނެއްކާވެސް ފަސްކޮށްފިއެވެ.

އޭޕްރީލް 23 އަކީ ކޯވިޑް19ގެ ސަބަބުން ފިލްމު އަޅުވާ ދުވަސް ލަސްކޮށްލާފައި އޮތުމަށްފަހު ޔަޝްރާޖް ފިލްމްސް އިން ކަނޑައަޅާފައި އޮތް ދުވަހެވެ. އެހެންނަމަވެސް ކޯވިޑްގެ ހާލަތު މިހާރު އިންޑިއާގައި ގޯސްވަމުންދާތީ އަދިތިޔާ ޗޯޕްރާ ވަނީ ފިލްމު ރިލީޒްކުރާނެ ތާރީހު ފަސްކޮށްފައެވެ. ނަމަވެސް ދެން މިފިލްމު އަޅުވާނެ ތާރީހެއް ހާމައެއް ނުކުރެއެވެ

"ބަންޓީ އޮރް ބަބްލީ 2″ ވެގެންދާނީ މުޅީ އިންޑިއާވެސް މުނިފޫހި ފިލުވައިދޭނެ ފިލްމަކަށް ކަމަށް ޕްރޮޑިއުސަރ އަދިތިޔާ ޗޯޕްރާ ވަނީ ބުނެފަ އެވެ.

މި ފިލްމު އެންމެ ފުރަތަމަ ނެރެން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކޯވިޑް 19ގެ ސަބަބުން މި ފިލްމު ސިނަމާތަކަށް ނެރޭ ތާރީހު މިވަނީ 2 ވަނަ ފަހަރަށް ފަސްކޮށްފަ އެވެ.

އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އަދިތިޔާ ބުނެފައިވަނީ މި ފިލްމަކީ މަޖާ އަދި މުޅި އާއިލާއެކުގައި ބަލާލެވޭނެ ކަހަލަ ފިލްމެއް ކަމަށެވެ. އެހެންނަމަވެސް ކޯވިޑް 19 ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ދުވަސްކޮޅެއްގައި މި ފިލްމު ރިލީޒްކުރަން އޭނާ ބޭނުންނުވާ ކަމަށާއި އޭގެ ބަދަލުގައި އެނާ ބޭނުންވަނީ ވެކްސިނޭޝަން ކުރިއަށް ގެންގޮސް ވީހާވެސް އަވަހަށް ކޮވިޑް ފެތުރުން ކޮންޓޮރޯލު ވުމުން ގޮތެއް ނިންމުމަށް ކަމަށް އަދިތިޔާ ވަނީ ބުނެފައެވެ.

ބަންޓީ އޮރް ބަބްލީ އިން މުޅިން އާ ކަޕަލްއެއް ފެނިގެންދާނެއެވެ. އެއީ ގަލީ ބޯއީން އިން އެމްސީ ޝޭރްގެ ރޯލުން ފެނިގެންދިޔަ ސިދާންތު ޗަތުރުވެދީ އަދި ޝަރާވަރީއެވެ. ޝަރާވަރީއަކީ މީގެ ދެއަހަރު ކުރިން ޔަޝްރާޖަށް އައި ކުއްޖެކެވެ. މީ ލީޑު ރޯލަކުން ޝަރާވަރީ ފެނިގެންދާ ފުރަތަމަ ފަހަރުވެސް މެއެވެ.

މީގެ އިތުރުން ދެން ފިލްމުން ފެނިގެންދާނީ "ބަންޓީ އޮރް ބަބްލީ"ގެ ފުރަތަމަ ފިލްމުންވެސް ފެނުނު އަދިތިޔާ ޗޯޕްރާގެ އަންހެނުން ރާނީ މުކަރްޖީ އާއި ސައިފް ޢަލީ ޚާން އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *