ދިއާ މިރްޒާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް ލިބިގެންދާއިރު އޭނާ ރާއްޖެއައީ ހަނީމޫނަށް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ދިއާ ނަގާފައިވާ ފޮޓޯތަށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާއިރު މީގެ ތެރޭގައި ވައިބަވްގެ އަންހެން ދަރިފުޅާއި އެކުގައި ނަގާފައިވާ ފޮޓޯތައް ހިމެނެއެވެ.
ދިއާ މިރްޒާ އާއި ވައިބާވް ރޭކީ ކައިވެނި ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ދިއާ ރާއްޖޭގައި ހަނީމޫން ހޭދަކުރަމުންދާ ޖޭއޭ މަނަފަރު ރިސޯޓްގެ ހިތްގައިމު ބީޗްގައި ނަގާފައިވާ ފޮޓޯތައް އޭނާވަނީ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ.
ހުދު ކުލައިގެ މެކްސީ ހެދުމެއްގައި ނަގާފައިވާ މި ފޮޓޯތައް ވަރަށް ހިތްގައިމެވެ. މި ހެދުން އިތުރަށް ފުރިހަމަވަނީ އޭނާ އަޅާފައިވާ ތޮފިންނެވެ. މި ފޮޓޯތަކަށް ވަނީ އެއްލައްކައަށް ވުރެ ގިނަ ލައިކްސް ލިބިފައެވެ. އަދި ވަރަށް ގިނަ ބެލުންތެރިންގެ ތަހުނިޔާ އަދާކޮށް ކޮމެންޓުތައް ވަނީ ކޮށްފަ އެވެ.
ވައިބަވް އާއި ދިއާ ކައިވެނި ކޮށްފައި ވަނީ ވަރަށް ކުޑަގޮތަކަށް، ހަމަ އެކަނި އާއިލާ އަދި ގާތް ރައްޓެހިންނާއި އެކުގައި ބާއްވާފައިވާ ހަފްލާއެއްގަ އެވެ. ވައިބަވް ގެ އަންހެން ދަރިފުޅު ސައިމަރާ ވެސް ވަނި މި ހަފްލާގައި ބައިވެރިވެފަ އެވެ.
ދިއާ ވަނީ އެދެމީހުން ކައިވެނީގެ ހިތްގައިމު ފޮޓޯތައްވެސް އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ. މި ފޮޓޯތަކަށްވެސް ވަނީ ދެ ލައްކައަށް ވުރެ ގިނަ ލައިކްސް ލިބިފަ އެވެ.