ރާޢްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 10،000 އިން މައްޗަށް އަރައިފިއެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ވަނީ އިތުރު 102 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،097 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 11،178 އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ1،138 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި369 މީހަކަސް ދަނީ ފަރުވާދެމުންނެވެ. ރާއްޖެއިން ބަލިުން ރަނގަޅުވާ މީހުންގެ ނިސްބަތަށް ބަލާއިރު، ބަލިޖެހުން މީހުންގެ ތެރެއިން80 އިންސައްތައަށްވުރެ މަތީ އަދަދެއް ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ޒުވާން އުމުރު ފުރައިގެ މީހުންނެވެ. އަދި ބަލި ޖެހޭ މީހުންގެ ކިބައިން ބަލީގެ އަލާމާތް ފެންނަކީ ވަރަށް ކުޑަކޮށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ