އަދިތިޔާ ދެކެ ލޯބިވާ ސަބަބު ރާނީ ހާމަކޮށްފި

އަދިތިޔާ ދެކެ ލޯބިވާ ސަބަބު ރާނީ ހާމަކޮށްފި

ރާނީ މުކަރްޖީ އޭނާގެ ދިރިއުޅުމުގައި ހިނގާ ކަންތައްތައް މާގިނައިން ބެލުންތެރިންނާއި ހިއްސާއެއް ނުކުރެއެވެ. އަދި އަބަދުވެސް އެނާގެ މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ބަހައްޓަނީ ވަރަށް ޕްރައިވެޓްކޮށެވެ.

ހަމައެހެންމެ ރާނީ ސޯޝަލް މީޑިއާގައި ވެސް ނޫޅެއެވެ. އެހެންނަމަވެސް ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްރާއަކީ ސޯޝަލް މީޑިއާ ގައި އުޅޭ މީހެކެވެ.

ރާނީ އާއި އަދިތިޔާ ޗޯޕްރާގެ ކައިވެނީގެ ފަހުން އެދެމީހުންނަށް ވަނީ އަންހެން ކުއްޖެއް ލިބިފައެވެ. އާދިރާ ލިބުމަށްފަހުވެސް ރާނީ އެއްވެސް ގޮތަކަށް ސޯޝަލް މީޑިއާގައި ނޫޅެއެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން ރާނީ އެނާއާއި އަދިތިޔާގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކައެވެ.

އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރާނީ ބުނެފައިވަނީ އޭނާ އަދިތިޔާ ދެކެ ލޯބިވާ ސަބަބު ތަކުގެ ތެރޭގައި އަދިތިޔާއަކީ "ޕްރައިވެޓް" މީހަކަށް ވުން ހިމެނޭ ކަމަށެވެ. އަދި ފީލްމީ ދާއިރާގައި އެހާ ގިނަ ދުވަހު އުޅުމަށްފަހު އެކުގައި ވަގުތު ހޭދަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އަދިތިޔާ ދެކޭ ކަމަށް ރާނީ ވަނީ ބުނެފައިއެވެ.

މަސައްކަތުގައި އުޅުމަށް ފަހު ގޭގައި އާއިލާއެކުގައި ވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެއް ކަމަށް އަދިތިޔާވެސް ދެކޭ ކަމަށާއި އަދި މިކަމާ ރާނީ އުފާކުރާ ވާހަކަވެސް މި އިންޓަވިއުގައި އެނާވަނީ ބުނެފައެވެ.

މި ހަފްތާގެ އާދީއްތަ ދުވަހު 43 އަހަރު ފުރުނު ރާނީ މިހާރު ކުރަމުންދާ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު " ބަންޓީ އޮރް ބަބްލީ2″ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރާނީ ގެ ކުރިއަށް ހުރި ފިލްމު ތަކަށް ބަލާލާއިރު އޭނާގެ އުފަންދުވަހު އިއުލާންކުރި "މިސިސް ޗެއްޓާޖީ ވާސަސް ނޯވޭ" އަކީ ތަފާތު ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *