ހަރްމަން ވަބޭޖާ ކައިވެނިކޮށްފި

ހަރްމަން ވަބޭޖާ ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
24 މާރޗް 2021 11:23
0

ހަރްމަން ބަވޭޖާ އާއި ސާޝާ ރާމްޗަންދަނީގެ ކައިވެނީގެ އުފާވެރި މަންޒަރުތައް ޝިލްޕާ ޝެއްޓީ އާއި ރާޖް ކުންދްރާ ވަނީ ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ. އާދީއްތަ ދުވަހު ކަލްކަތާގެ ގުރްދުވާރީގައި ބޭއްވި ކައިވެނި ހަފްލާ ނިމިގެންދިޔައީ ވަރަށް ވެސް އުފާވެރިކޮށެވެ.

ހަރްމަން މަޑު ފިޔާތޮށި ކުލައިގެ ޝޭރްވާނީ އަދި ހުދު ފޮށައެއްގައި ހުރި އިރު ސާޝާ ޒީނަތްތެރިވެފަ ހުރީ މެރޫން އަދި ފިޔާތޮށި ކުލައިގެ ލެހެންގާއަކުންނެވެ. މި ހަފްލާގައި ޝިލްޕާ ޝެޓީ އަށް ބައިވެރި ނުވެވުނަސް އޭނާވަނީ މި ދެމަފިރިންނަށް ބާއްޖެރި ހަޔާތަކަށް އެދެމުން ކައިވެނި ހަފްލާގެ ފޮޓޯ އަދި ވީޑިއޯ އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ހަރްމަންގެ ގެ ސަންގީތުގައި ނަގާފައިވާ ވަރަށް މަޖާ ނަށާ ވީޑިއޯއެއް ރާޖް ކުންދްރާ ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްފަ އެވެ. އަދި ހަަމައެހެންމެ ރާޖް ނަށާ ވީޑިއޯއެއް ޝިލްޕާ ވެސް ވަނީ އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން ފިލްމީ ތަރި ސަގަރިކާ ގާޓޭވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ދެމަފިރިންނާއި އެކުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ.

ހަރްމަން ބެލުންތެރިންނާއި ހަމައަށް އެންމެ ފުރތަމަ ފެނިގެން ދިޔައީ 2008 ވަނަ އަހަރު ނެރުނު ފިލްމު ލަވް ސޮޓޯރީ 2050 އިންނެވެ. މި ފިލްމުގައި އޭނާ ފެނިގެންދިޔައީ ޕްރިޔަންކާ ޗޯޕްރާ އާއެކު އެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ހަރްމަންގެ ބައްޕަ ހެރީ ބަވެޖާއެވެ. އަދި އެންމެ ފަހުން ހަރްމަން ފެނިގެން ދިޔައީ "ސަހިބްޒާދޭ: ރައިސް އޮފް ބަންދާ ސިންގ ބަހާދުރް" އިންނެވެ. މި ފިލްމުގެ ވާހަކަ ލިޔުނީވެސް ހަރްމަންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.