އިސްލާމީ ޝަރީއާ ކިޔެވި ދަރިވަރުންނަށް ވަކާލާތުކުރަން ހުއްދަ ނުދޭން ނިންމި ނިންމުމަކީ ސައްތައިން ސައްތަ އިސްލާމީ ޤާއުމެއްގެ ގޮތުގައި އޮވެ ލަދުވެތިވާންޖެހޭ ކަމެއްކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
މަދީނާ ޔުނިވާސިޓީން އިސްލާމީ ޝަރީއާ ޑިގްރީ ހަދާފައިވާ ދަރިވަރުންނަށް ވަކާލާތުކުމުގެ ހުއްދަ ނުދޭން ނިންމީ، ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ގާނޫނީ ރޮނގުން ޑިގްރީއެއް ކަމަށް އެނގެން ނެތުމުން ކަމަށް، ބާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ވަކީލުން ރެގިއުލޭޓް ކުރަން މިދިޔަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްގެ އިމްތިހާނަށް ފަހު، ފުރަތަމަ ބެޗުގައި މިއަދު ހަވީރު 280 މީހަކު ވަކީލުކަމުގެ ހުވާކުރާމަށް ވަނީ ހަމަޖެހިފަ އެވެ.
ސައުދީ ސަރުކާރުގެ ސްކޮލަޝިޕްގައި ކިޔެވި ދަރިވަރުންގެ ތެރެއިން މި މައްސަލަ ދިމާވެގެން އުޅެނީ ތިން ދަރިވަރަކަށެވެ. މި ދަރިވަރުންނަށް ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ބާކައުންސިލުން ދެކޮޅި ހަދާތީ ދީނީ ގިނަ އިލްމުވެރިންގެ ފާޑުވިކުޔުންވަނީ ބާ ކައުންސިލަށް އަމާޒުވެފައެވެ. ވަކީލުކަމުގެ ހުވާ މިއަދު ގިނަބަޔަކު ކުރުމަށް ހަމަޖެހިފައިވާއިރު ޝަރީއާ ކިޔެވި ދަރިވަރުންނަށް އެފުރުސަތު ދީފައި ނުވާތީ ޝައިހު އަލީ ޒާހިރު ވިދާޅުވީ މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮވެ ލަދުވެތި ވާންޖެހޭ ވަރުގެ ކަމެއްކަމަށެވެ.
Islami Shari'ah fiyava ehen gaanoonu thah kiyevumun fandiyaaru kamaa wakeelukan kurevey iru, Islami Shari'ah kiyevumun efurusathu nudhinumakee Dhivehi Raajje kahala 100% Islami gaumeh ga ladhuvethi kameh. Hamaya insaafun beyru kameh.
— Ali Zahir bin Saeed (@alizahirsaeed) October 17, 2020
ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމާއި، ފަނޑިޔާރުކަން ކުރުމުން؛ އިސްލާމިކް ޝަރީޢާ ކިޔަވާ ފަރާތްތައް އެއްކިބާކޮށް، ޝަރުޢީ ނިޒާމުން ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބަވާ ހުރިހާ ޢިލްމުވެރިން ދުރުކުރުމަށް ކުރަމުންދާ މަސައްކަތަކީ މާކުރިން ރޭވިގެން ހިންގާ ލާދީނީ އެޖެންޑާއެއް ކަމުގައި އަލީ ޒާހިރު ނިސްބަތްވާ ޖަމްޢިއްޔަތުއްސަލަފުންވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ