ބާރަ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރަނީ

ބާރަ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2021 11:15
0

އަތޮޅުތަކުގެ 12ރަށެއްގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ 12 ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލްތަކަށް ބަދަލުކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއު ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކަކީ ހއ.އިހަވަންދޫ، ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ނ.ކެނދިކުޅުދޫ، ބ.ތުޅާދޫ، ޅ.ހިންނަވަރު، ފ.ނިލަންދޫ، ތ.ވިލިފުށި، އދ.މާމިގިލީ، ގދ.ގައްދޫ ކަމަށެވެ.

މި ހޮސްޕިޓަލްތަލްތައް ފަރުމާކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށާ، މިކަމަށް ހިންގާނެކަމަށް ލަފާކުރާ ޚަރަދުތަކާ ގުޅޭ ދިރާސާތައްވެސް ނިމިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ހޮސްޕިޓަލްތަކުގެ ކުރެހުންތަކާ ބީއޯކިއު، ހިލޭސާބަހަށް ތައްޔާރުކޮށްދެއްވީ ށ.މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ އެހީތެރިކަމުގައިކަން ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ.

އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އެންމެމުހިންމު މަސައްކަތަކީ ރާއްޖޭގެ 5 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު ނަދީމް
ނަންބޯޑު ބަދަލްވީމަ އެކްސް ރޭއެއް ހަދަން މާލެ އަންނަން ޖެހެންޔާ ރަނގަޅީ ނުކުރީޔާ
މ މުހަންމަދު (ނޫފަރޭ)
އަލް ހަމްދު ލިލްލާހި...އެމް.ޑީ.ޕީ ސަރުކާރަށާއި،ހެލްތު މިނިސްޓަރަށާއި،ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް އަޅުގނޑުގެ ހިތުގެ އެންމެ ފުންމިނުން ސުކުރު ދަންނަވަން އެއީ އަޅުގަޑުމެންގެ ރަށް ތިޔަ ލިސްޓުގާ ހިމެނުއްވީތީވެ...އަދި ވަކިން ހާއްސަ ސުކުރެއް އަޅުގަޱުމެންގެ ހިތް ތަކުގެ ރައީސް ރައީސް މުހައްމަދު ނަސީދު ( އަންނި ) އަށް
ހަމައެކަނި ނަންބަދަލު ވިޔަކަސް ރަތްޔިތުމީހާއަކައް މަންފާއެއްނުކުރާނެ؛؛؛؛ ލޯކަލް އިންތިހާބު ނިމުމުން ތިއަޑުކެނޑޭނެ ؛؛ވޯޓައް ވައިޖަހަނީ ހޭއަރާތިބޭ