ކެފޭ، ރެސްޓޯރެންޓްތަކުގެ ފިޔަވަޅުތައް އެކީ ފިލުވާލުމަށް ނަޝީދު ޕްރެޝަރު ކުރައްވަނީ

ކެފޭ، ރެސްޓޯރެންޓްތަކުގެ ފިޔަވަޅުތައް އެކީ ފިލުވާލުމަށް ނަޝީދު ޕްރެޝަރު ކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2021 08:04
0

ކެފޭ، ރެސްޓޯރެންޓްތަކަށް އަޅާފައިވާ ފިޔަވަޅުތައް އެކީ ފިލުވާލުން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ހޮޓާ، ކެފޭ، ރެސްޓޯރެންޓުތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭއިން މިއަދު ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމުންވެސް އެއީ އެންމެ އެދެވޭ ބަދަލެއް ނޫންކަމަށް އެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެ ދައްކަމުންދާ ވާހަތަކާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހޮޓާ، ކެފޭ، ރެސްޓޯރެންޓުތައް ރޭގަނޑު 10:30 އަށް ހުޅުވާފައި ބެހެއްޓޭނެ ގޮތަށް ބަދަލު ގެނައި ނަމަވެސް އެކަން އެމަސައްކަތް ނުވަތަ އެ ޚިދުމަތްދޭ ފަރާތްތަކުން ގަބޫލު ނުކުރައްވާކަމަށެވެ. އަދި މިހާރު އެފަރާތްތަކުންވެސް ބޭނުންވަނީ ހޮޓާ، ކެފޭ، ރެސްޓޯރެންޓު ތަކަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އެކީ ފިލުވުންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސައި ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތައް ރޭގަނޑު 10:30 ވަންދެން ހުޅުވާފަ ބަހައްޓައިގެން ހައްލެއް ލިބިދާނެ ކަމަކަށް އެ ވިޔަފާތި ހިންގާ ފަރާތްތަކުން ނުބުނޭ. މިހާރު ބޭނުންވަނީ މުޅިން ދޫކޮށްލަން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެނ ހޮޓާ، ކެފޭ، ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭ ގަޑި އިތުރު ކުރި ނަމަވެސް މިއީ އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ހައްގު މިންވަރުކަމަށް ގަބޫލު ނުކުރާ ކަމުގައި މޯލްޑިވްސް އީޓާރީ ޔޫނިއަނުން ވަނީ ބުނެފައެވެ.

ހޮޓާ ކެފޭ ރެސްޓޯރެންޓު ބަންދު ކުރުމަކީ އެކަމުގެ ސަބަބުން ކޯވިޑް ފެތުރޭ ރޭޓް ދައްވާކަމައް ނުވަތަ ބަލީގެ މީހުން މަރުވާ ރޭޓް ދައްކުރެވޭކަމައް ސައިންޓިފިކް އެއްވެސް ހެއްކެއްފެންނަން އޮތްކަމެއްކަމައް ފެންނާކައް ނެތުމާއި، މިހާރައްވުރެ ފިޔަވަޅުތައް ލުއިކޮށް ރޭގަނޑު 1:30 ވަންދެން ހޮޓާ ކެފޭ ރެސްޓޯރެންޓް ހުޅުވާފައި ހުރިވަގުތުގައި ބަލިފެތުރޭ މިންވަރު ގިނަނުވާކަން އެޗްޕީއޭގެ ގުރާފްތަކުން ފާހަކުރެވެން އޮތުމުން ކުރިއެކޭއެއްގޮތަކަ ރޭގަނޑު 1:30 ވަންދެން ހޮޓާ ކެފޭ ރެސްޓޯރެންޓު ހުޅުވަން އަލުން ހުއްދަދިނުމައް ވަނި ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވާނުވާ.
ދީނަކީ ފައިސާ ގަނޑުގަނޑަށް ދޭ އެއްޗަކަށް ނުވާތީބާ ދީނީ މީހުން ކިޔާއެއްޗެހި އަޑުނީވެނީ? ލާދީނީ ރިޕޯޓު ނެރުނު މީހުނަށް ފިޔަވަޅު އަޅާށޭ ކިޔާތާ ކޮންދުވަހެއް!