ކެފޭ އުސޫލުން ޑުރަގު ވިއްކާ ގެއެއް ރެއިޑްކޮށް މަސްތުވަތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ރެއިޑް ކޮށްފައިވަނީ މ. ކުއްޅަފިލާގެ އެވެ.ފުލުހުން ބުނީ މިއަދު ވެސް އެ ގެއަށް ވަދެ ރޭޑްކޮށްފައިވާ ކަމަށާ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ފަސް ޕެކެޓް ވަނީ ހޯދާފަ އެވެ.
ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ބޭނުންކުރުމުގެ ފުރުސަތު ދޭ މާލޭގެ ބައެއް ގެތައް މިދިޔަ އަހަރު ފަހުކޮޅު ފުލުހުން ވަރަށް ގިނައިން ފާސްކޮށް ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައި ވެއެވެ. ނަމަވެސް ފަހަކަށް އައިސް އެފަދަ ގެތައް ފާސްކުރާ ކަމުގެ މައުލޫމާތެއް ފުލުހުން ނުދެއެވެ.
މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާ ގެތައް ހޯދައި އެކަން ހުއްޓުވުމަށް ހިންގަމުންދާ އޮޕަރޭޝަނުގައި ފުލުހުން ވަނީ މިހާތަނަށް ގިނަ ގެތަކެއް މިހާތަނަށް ބަލައި ފާސްކޮށްފައެވެ. އެ ގެތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައިކޮށް އޭގެ ޚިދުމަތް ކެފޭ އުސޫލުން ދެމުންދާ ގެތަކެއްކަމަށް ފުލުހުން ވަނީ ބުނެފައި. ފުލުހުން ވަނީ މީގެ ކުރިން ހިންގި މިފަދަ އޮޕަރޭޝަނުގެ ތެެރެއިން މ.ލޮނުމިދިލިގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ބޭނުންކުރި ކޮޓަރިތަކާއި ތަންތަން މީޑިއާތަކަށް ދައްކާލާފައެވެ.
ކޮމެންޓު ފޮނުވާ