ކޯވިޑް-19 އާއި ގުޅިގެނ ހޮޓާ، ކެފޭ، ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭ ގަޑި އިތުރު ކުރި ނަމަވެސް މިއީ އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ހައްގު މިންވަރުކަމަށް ގަބޫލު ނުކުރާ ކަމުގައި މޯލްޑިވްސް އީޓާރީ ޔޫނިއަނުން ވަނީ ބުނެފިއެވެ.
އެޔޫނިއަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 ގެ ހާއްސަ ހާލަތައިގެން ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހޮޓާ ކެފޭ ރެސްޓޯރެންޓް ތަކަށް ދަނީ ނުހަނު ބޮޑެތި ގެއްލުންތަކެއް ވަމުންކަމަށެވެ. އަދި މިހާލަތުގައި މި ސިނާޔަތުގެ އެތަކެއް ވިޔަފާރިތަކެއް ބަނގުރޫޓްވެ އާންމު ރައްޔިތުން ތަކެއް ހާލުގައި ޖެހެމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. އެކަމަށް މިދިޔަ ހަ މަސްދުވަހުތެރޭގައި އެތަކެއްތަފާތު މަސައްކަތްތަކެއްކޮށް އެތަކެއް އިދާރާތަކާއި ބައްދަލުކުރެވިފައިވާކަމަށް އެޔޫނިއަނުން ބުނެއެވެ.
އެގޮތުން ކުރިންވެސް ގެނެވިފައިވާ ބައްދަލުތަކުގެ ސަބަބުން ވަނީ އެތަކެއް ލުއިތަކެއް ލިބިފަ. ނަމަވެސް ދެވިފައިވާ ލުއިތަކަކީ އެކަށީގެންވާ ލުއިތަކަކައް ނުވާތީ މިސިނާޔަތުގެ ވިޔަފާރިތަކައް ލިބިފައިވާ ގެއްލުންތަކުން ވަނީ އަރައިގަނެވޭނެ މަގެއް ނުފެނިފަ. މިހާލަތު މިގޮތުގައި އޮއްވައި އެޗްޕީއޭއިން ފަހުން އެޅިފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކައް ވަނީ ފޫނުބެދޭވަރުގެ ގެއްލުންތަކެއް އިތުރުވެފަ. ކަންމިހެން އޮތްހިނދު މިއަދު ފިޔަވަޅުތަކެއް ގެނެވުން ބަދަލުތަކައްޓަކައި މި މަސައްކަތުގައި ބައިވެރި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ނުހަނު ގިނަ ޝުކުރުއަދާކުރަން.
ނަމަވެސް މިއަދު މިގެނެވުނު ބަދަލުތަކަކީ ސިނާއަތު މިއަދު އޮތް ހާލަތައް ބަލާއިރު އެންމެ އަކަށީގެންނުވާ ބަދަލުތަކެކެއްކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިއީ މި ސިނާޔަތުގެ ވިޔަފާރިތަކައް ހައްގުމިންވަރެއްނޫންކަން ވަނީ ބުނެފައެވެ. އޭގެ ސަބަބެއްކަމަށް ބުނެފައިވަނީ ކެފޭ އަދި ރެސްޓޯރެންޓުތައް ރޭގަނޑު 10.30 ގައި ބަނދުކުރުމަކީ އޭގެ ލޮޖިކާއިމެދު ސުވާލު އުފެދޭކަމަކަށް ވުންކަމަށެވެ.
ހޮޓާ ކެފޭ ރެސްޓޯރެންޓު ބަންދު ކުރުމަކީ އެކަމުގެ ސަބަބުން ކޯވިޑް ފެތުރޭ ރޭޓް ދައްވާކަމައް ނުވަތަ ބަލީގެ މީހުން މަރުވާ ރޭޓް ދައްކުރެވޭކަމައް ސައިންޓިފިކް އެއްވެސް ހެއްކެއްފެންނަން އޮތްކަމެއްކަމައް ފެންނާކައް ނެތުމާއި، މިހާރައްވުރެ ފިޔަވަޅުތައް ލުއިކޮށް ރޭގަނޑު 1:30 ވަންދެން ހޮޓާ ކެފޭ ރެސްޓޯރެންޓް ހުޅުވާފައި ހުރިވަގުތުގައި ބަލިފެތުރޭ މިންވަރު ގިނަނުވާކަން އެޗްޕީއޭގެ ގުރާފްތަކުން ފާހަކުރެވެން އޮތުމުން ކުރިއެކޭއެއްގޮތަކަ ރޭގަނޑު 1:30 ވަންދެން ހޮޓާ ކެފޭ ރެސްޓޯރެންޓު ހުޅުވަން އަލުން ހުއްދަދިނުމައް ވަނި ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ