އައްޑޫ ސިޓީއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވެފައިވާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
އައްޑޫގައި މިދިޔަ މަހު ކޯވިޑް ފެތުރެން ފެށި ފަހުން 92 މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެޑްމިޓް ކޮށްގެން ފަރުވާދޭންޖެހުނެވެ. އައްޑޫގައި މިބައްޔަށް އެންމެ ފަހުން ޕޮޒިޓިވްވި މީހާ ރަނގަޅު ވެފައިވަނީ، މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އަދި އެންމެ ފަހުން ބަލިން ރަނގަޅު ވެފައިވަނީ، މީދޫންއިން ނެގި ރެންޑަމް ސާމްޕަލްއިން ޕޮޒިޓިވްވި މީހުންގެ ކްލަސްޓަރގެ މީހުންނެވެ.
އައްޑޫގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ކޯވިޑަށް ޕޮޒިޓިވްވީ ހުޅުމީދޫންނެވެ. ހުޅުމީދޫގައި ހުރި އެމްޓީސީސީ ސައިޓުން އެކަނި ވެސް 35 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހިތަދޫ އިން ވެސް 22 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
އައްޑޫގައި ކޯވިޑް-19ގެ ކޭސްތައް ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ނަމަވެސް މަހަކަށްވުރެ ގިނަ ދުވަހަށްފަހު ފިޔަވަޅުތައް ވަނީ އުވާލާފައެވެ
ކޮމެންޓު ފޮނުވާ