ޓެންޒޭނިއާގެ 5 ވަނަ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ

ޓެންޒޭނިއާގެ 5 ވަނަ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 03:58
0

ޓެންޒޭނިޔާގެ 5ވަނަ ރައީސް ޖޯން ޕޮމްބޭ ޖޯސެފް މަގުފުލީ އަވަހާރަވުމާއި ގުޅިގެން އެ ޤައުމުގެ ރައީސް ސަމިއާ ސުލޫހޫ ޙަސަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި،މިމަހުގެ ކުރީކޮޅު ރައީސް ޖޯސެފް މަގުފުލީ އަވާހަރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޓެންޒެނިޔާއަށް ކުރިމަތިވި މި ހިތާމައިގައި އެ ޤައުމުގެ ރައްޔިތުންނާއެކު، ދިވެހިރާއްޖެއިން ވެސް ކޮމަންވެލްތު ޢާއިލާގެ މެންބަރެއްގެ ގޮތުން ބައިވެރިވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޓެންޒެނިޔާގެ 6 ވަނަ ރައީސްގެ ޒައާމަތުގައި ދެޤައުމުގެ ގުޅުން ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޓެންޒެނިޔާގެ ރައީސް ޖޯސެފް މަގުފުލީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ރައީސް މަގުފުލީގެ ޢާއިލާގެ ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.