ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ކޯވިޑް ވެކްސިން ޖަހާފައިވާއިރުވެސް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް ތިރިނުވާކަމީ ހައިރާންވާ ވަރުގެ ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުއްތަފާ ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖެއިން ބަލިން ރައްކަތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް 218،000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް ވެކްސިން ޖަހާފައެވެ. ވެކްސިން ޖެހި ކަމުގައި ވީނަމަވެސް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްވެސް ވަރަކަށް މަދެއްނުވެއެވެ. ޚާއްސަކޮށް މިމަހުގައި ޕޮޒިޓިވްވާ އަދަދު އުޅެނީ ކޮންމެ ދުވަހަކުވެސް 100 އިން މަތީގައެވެ.
ކޯވިޑްގެ ވަކްސިންއާއިއެކު ބަލިޖެހޭ މީހުންގެ ނިސްބަތް މަދުވާނެކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ޕްރެސްތަކުގައި އެގޮތަށް ވިދާޅުވެފައިވެސް އެބަހުއްޓެވެ. މިކަމާއި ގުޅިގެން މުސްތަފާ ވިދާޅުވީ ރާއްޖެއިން ކޯވިޑްގެ އަދަދު ދަށްވާނެކަމަސް ގަބޫލު ނުކުރެވޭކަމަށެވެ. ސަބަބަކީ އެ އަދަދަކީ ވަކި މަގުސަދެއްގައި އުފުލޭ އަދަދުތަކެއްކަމަށެވެ.
ރާއްޖޭގެ އެންމެން ވަކްސިން ޖަހައިފި. އެކަމަކު ކޯވިޑަށް ޕޮޒިޓިވްވާ އަދަދު މަދެއްނުވި، ހައިރާންވާ ވަރުގެ ކަމެއް.
– މުސްތަފާ ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށީ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ޢާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުން މިމަހުގެ 15ވަނަ ދުވަހުން ފަށައިގެންވަނީ ނިމުމަކަށް ގެނެސްފައެވެ. ހެލްތް މިނިސްޓްރީއިން ނިންމީ 15ގެ ފަހުން، ޚާއްސަ ޚާއްސަލަތްތަކުގައި ފުރަތަމަ ޑޯޒްގެ ވެކްސިން ދޭންޖެހޭ މީހުންނަށް އެކަނި ވެކްސިން ދިނުމަށެވެ.
ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މިހާރު މިވަނީ، މާލެ ސަރަޙައްދުގައިވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ އެންމެނަށްވެސް އަލުން ފުރުޞަދު ދިނުމަށް ނިންމާފައެވެ. އެޗްޕީއޭއިން ވިދާޅުވީ ފުރަތަމަ ޑޯޒް އަލުން ޖަހަން ފަށާނެ ދުވަހެއް އިޢުލާންކުރާނެކަމަށެވެ.
ކޮމެންޓު ފޮނުވާ