ކޯވިޑް-19: ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެނުންދިޔަ ދިވެއްސެއް ނިޔާވެއްޖެ

ކޯވިޑް-19: ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެނުންދިޔަ ދިވެއްސެއް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2020 10:35
0

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ ދިވެއްސެން ނިޔާވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން67 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު ހަތެއް ޖަހާކަން ހާއިރުކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ނިޔާވި 36 ވަނަ މީހާއެވެ.

ކޯވިޑް-19 ގައި ރާއްޖެއިން އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގަ އެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 29 ދިވެހިންނާއި 7 ބިދޭސީއެކެވެ. މިދިޔަ މަހު އެކަނިވެސް ރާއްޖެއިން މި ބަލީގައި 6 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 11،154 އަށް އަރާފައިވާއިރު މިހާރުވެސް ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންޑާ 1،117 މީހުން އެބަތިއްބެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ 9995 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 49 މީހަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.