ރުބީނާ އާއި އަބީނަވްގެ މިއުޒިކް ވީޑިއޯ ބަލައިފިންތަ!

ރުބީނާ އާއި އަބީނަވްގެ މިއުޒިކް ވީޑިއޯ ބަލައިފިންތަ!

Author
ފާތިމަތު ނާވީ
21 މާރޗް 2021 11:43
0

ރޫބީނާ ދިލައިކް އާއި އަބީނަވް ޝުކްލާ ފެނިގެންދާ މިއުޒިކް ވީޑިއޯ "މަރްޖާނެޔާ" އަކީ ބެލުންތެރިން އެންމެ އިންތިޒާރު ކުރި އެއް މިއުޒިކް ވީޑިއޯއެވެ. ޚާއްސަކޮށް ރޫބީނާ ބިގް ބޮސް 24 ކާމިޔާބު ކުރިފަހުން އެނާގެ ފޭނުން ވަނީ އިތުރުވެފަ އެވެ.

މި ލަވަ ކިޔާފައިވަނީ ނޭހާ ކައްކަރެވެ. ދޭސީ މިއުޒިކް ފެކްޓްރީ އިން ޕްރޮޑިއުސް ކޮށްފައިވާ މި ލަވައަކީ ޕަންޖާބީ ލަވައެކެވެ. މި ލަވައިން ފެނިގެންދަނީ މަޖާކޮށް ލޯބިން އުޅޭ ދެމަފިރިންނެވެ.

އަދި މަސައްކަތުގައި ބިޒީކޮށް އުޅެއިރުވެސް އަބީނަވް ލައްވާ ޝޮޕިންގް ދަބަސްތަކެއް އުފުލާތަންވެސް ފެނިގެންދެއެވެ. މި ދެމީހުންގެ ތެރޭގައު ހަމަނުޖެހުމެއް އުފެދި ރުބީނާ ރުއްސަންވެގެން އަބީނަވް ނަށާތަންވެސް މި ލަވައިން ފެނިގެންދެވެ.

މީގެ ކުރިން ރޫބީނާ ފެނިގެން ގޮސްފައިވަނީ ވަރަށް ސީރިއަސް މިހެއްގެ ގޮތުގައެވެ. އެހެންކަމުން މި ލަވައަކީ ރޫބީނާ މުޅިން ތަފާތުކޮށް ފެނުނު ލަވައެކެވެ. މި ލަވައިން މި ދެމީހުން ވަރަށް ގުޅެކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ނޭހާ ކައްކަރުވެސް މި ލަވައިން ފެނިގެންދެއެވެ.

މީގެ ކުރިންވެސް ބިގްބޮސްގެ ބައިވެރިންގެ މިއުޒިކް ވީޑިއޯތައް ވަނީ ހަދާފައެވެ. އެގޮތުން ޖޭސްމީން އާއި އަލީ ގޯނީގެ "ތޭރާ ސޫޓް" ހިމެނެއެވެ. މީގެ އިތުރުން މުދައްސަރް ޚާން އާއި އެކުގައި މިއުޒިކް ވީޑިއޯ އެއް ތައްޔާރު ކުރުމަށް ނިއްކީ ތަމްބޯލީވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.