މަހުލޫފް ދަރިފުޅުގެ ލަވައިގެ ހަގީގަތް މިއޮތީ

މަހުލޫފް ދަރިފުޅުގެ ލަވައިގެ ހަގީގަތް މިއޮތީ

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 09:46
0

އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖާވިދު އަލީއާ އެކު މިނިސްޓަރ މަހުލޫފްގެ ދަރިކަލުން އެލީ ކިޔާފައިވާ ލަވައިގެ ހަގީގަތް މިނިސްޓަރ މަހުލޫފް ހިއްސާ ކުރައްވައިފިއެވެ.

އެލީގެ މިލަވަޔާއި ގުޅިގެން ބައެއް ފަރާތްތަކުން މިއީ މިނިސްޓަރ މަހުލޫގެ މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކޮށްފައިވާ ކަމެއްކަމަށްބުނެ ދެކެވޭ ވާހަތަކާއި ގުޅިގެން ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންގެ ކުރިއެރުމަށް މަސައްކަތް ކުރާނެކަމަށެވެ.

މިލަވަޔާއި ގުޅިގެން އަންމު އެތައްބައެއްގެ ތައުރީފާއި ހިތްވަރު އެލީއަށް ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިކަމާއި ގުޅިގެން އެންމެ ރަނގަޅު މައުލޫމާތު ނުލިބި ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް މިނިސްޓަރ ވިދާޅުވީ މިލަވަޔަކީ އޭނާގެ އަމިއްލަ ޚަރަދުގައި ހަދާފައިވާ ލަވައެއްކަމަށެވެ. މިވަލަވަ ކިޔަން ފުރުސަތު ލިބުމުން ކުރަންޖެހޭ ހުރިހާ ޚަރަދެއްކޮށް، ލަވައިގެ ލިރިކްސްއާއި، މިއުޒިކުވެސް ހަދާފައިވަނީ އަމިއްލަ ޚަރަދުގައިކަމަށެވެ. މިއީ ރާއްޖެއަށް ލިބުނު ފުރުސަތެއް ނުވަތަ ރާއްޖޭގެ އާޓިސްޓަކަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފައިގެން އޭގެ ނާޖައިޒް ގޮތުގައި ކޮށްފައިވާ ކަމެއް ނޫންކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ބައެއް ކުރިންނަށް ހީވަނަނީ މިއީ ރާއްޖޭގެ ކުއްޖަކަށް ބޮލީވުޑްގެ ކޮންމެވެސް މީހަކާއި އެކީގައި ލަވައެއް ކިޔަން ފުރުސަތެއްދިނީމަ އެފުރުސަތު ނަގާފަ އަޅުގަނޑު، އަޅުގަނޑުގެ ދަރިފުޅަށް ދިނީކަމަށް. ނޫން. އެކަހަލަ ކަމެއްނޫން މިއީ. މިއީ އަޅުގަނޑު އަމިއްލައަށް އަޅުގަނޑުގެ ރައްޓިއްސަކު އޭނާ އަޅުގަނޑަށްދިން ޚިޔާލަކަށް ޖާވިދު އަލީ އަޅުގަނޑުގެ ދަރިފުޅާއެކީ ލަވަކިޔާނެއޭ ބުނީމަ، އަދި ދަރިފުޅު ލަވަކިޔާ ވީޑިއޯއެއްޗެހި ފޮނުވާ ހެދީމަ، އޭނަ އެކަމަށް އެއްބަސްވީމަ، އެކަމަށް ކުރަންޖެހޭ ޚަރަދާއި، އެއްޗިހި އަޅުގަނޑުމެން ކޮށްގެން އުޅޭކަމެއް. މިލަވަޔަކީ އަޅުގަނޑުމެންގެ ލަވައެއް.

– މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މީގެ ކުރިންވެސް ދަރިފުޅަށް ކޮމަންވެލްތުން އެވޯޑެއް ލިބިގެން ބައެއް ފަރާތްތަކުން އެކަމާއިވެސް ފާޑުކިޔާ ހެދިކަމަށެވެ. ނަމަވެސް އެކަމަކީވެސް ދާންވީ މަގުން ގޮސް ލިބިފައިވާ އެވޯޑެއްކަމަށެވެ. މަހުލޫފް ވިދާޅުވީ މައިބަފައިން މަސައްކަތް ކުރާނީ އެމީހެއްގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައި ކުރިއެރުން ހޯދައިދިނުމަށް ކަމަށެވެ. އެއީ މިނިސްޓަރަކަށް ވުމުން ނުވަތަ އެނޫން މަޤާމެއްގައި ހުރި މީހަކަށްވުމުން ދަރިންނަށް ލިބެންޖެހޭ ކުރިއެރުމަށް ހުރަސް އެޅެންޖެހޭ ކަމެއްނޫންކަަމަށެވެ.

އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖާވިދު އަލީއާ އެކު މިނިސްޓަރ މަހުލޫފްގެ ދަރިކަލުން އެލީ ކުޅުނު ލަވަ އާންމުކޮށްފައިވަނީ އިއްޔެއެވެ. މި ލަވަ އާންމު ކުރުމާ ގުޅިގެން މިނިސްޓަރު މަހްލޫފް ވިދާޅުވީ މި ލަވައިގެ މަސައްކަތް ނިންމުމަށްޓަކައި ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ޒީ މިއުޒިކް ކޮމްޕެނީ އާއި ޖާވިދު އަލީގެ އިތުރުން މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

z zeeshaan
ahare men ves mi bunanee mahey dhari lava kiyan molhu vegen nooney thi lava javed aa ekee kiyaafa vany mahey e meehuna laari thake dhee gen kuruvi kamekey faisaa dheefi nama emeehun ves koffaane. jaaveed ah ves Z studio ah ves faisaa thake dhee gen kuruvi kame key