ކުޑަހުވަދޫ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 19 އަށް

ކުޑަހުވަދޫ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 19 އަށް

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 07:50
0

ދ.ކުޑަހުވަދޫން އިތުރު 13މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޑަހުވަދޫން ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނިފައިވަނީ ބުދަ ދުވަހު އެވެ. އެއީ ކުޑަހުވަދޫ އެއާޕޯޓްގައި މަަސައްކަތް ކުރަމުންދިޔަ ހަ ސްޓާފެކެވެ. އެ ކޭސްތަކާއި ގުޅިގެން ކުޑަހުވަދޫ މޮނިޓަރިންއަށް ގެނެސް އެ ރަށުން އެހެން ރަށްރަށަށް ދިޔަ މީހުން ކަރަންޓީންވެ ޓެސްޓް ކުރުމަށް ވަނީ އަންގާފައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި 13 މީހުންނާއެކު އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 19 އަށް އަރާފައެވެ.

ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން ބަލިމީހުންނާއި ކޮންޓެކްޓުވި މީހުންނާ އަދި ރަށުތެރެއިން ރެންޑަމް ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވީ އަލަށް ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ، ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 10 މީހުންނާ، ރަށުތެރެއިން ނެގި ރެންޑަމް ސާމްޕަލްއިން ބައްޔަށް ޕޮޒިޓިވްވި 2 މީހުންނާ، އަދި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދި މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.