އިިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން މާލޭގައި އިދިކޮޅު ކުރަމުންދާ މުޒާހަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މާލެ އަތޮޅު ކައުންސިލް ރައީސްކަމަށް އިދިކޮޅު ޕީޕީއެމްއިން ވާދަކުރައްވާ މުހައްމަދު ނިމާލް ހައްޔަރުކޮށްފިއެވެ.
ޕީޕީއެމްއިން ބުނެފައިވަނީ ނިމާލްއާއިއެކު މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މިއަދު ހުކުރު ނަމާދަށްފަހު ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ކައިރިއަށް ނުދެވޭނެހެން ބަންދުކޮށް ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދާއިރު، މުޒާހަރާއަށް އެއްވި ބައެއް މީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެން ބޭފުޅުންނެވެ
ޕީޕީއެމް އޮފީސްކައިރިއަށް އެއްނުވެވުނު ނަމަވެސް އިދިކޮޅު ހަރަކާތުގެ ބައެއް ބައިވެރިން ދަނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި އަޑު އުފުލަމުންނެވެ. ޕީޕީއެމް އޮފީސް ބަންދުކޮށް ކައުންސިލް ކެމްޕެއިންގެ މަސައްކަތްވެސް ނުކުރެވޭނެހެން ބަންދު ކުރުމުނ އެމައްސަލަ ޕީޕީއެމްއިން ވަނީ އިލެކްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައެވެ. ޕީޕީއެމްއިން ބުނެފައިވަނީ މިއީ ކައުންސިލް އިންތިޚާބުގެ އިދިކޮޅުގެ މަސައްކަތަށް ހުރަސް އެޅުމަށް ކުރަމުންދާކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ