ކައުންސިލަށް 10 އަހަރުން ކުރެވުނު މަސައްކަތް މުއިއްޒު 1 އަހަރުތެރޭ ކުރާނެ: ރުކުމާ

ކައުންސިލަށް 10 އަހަރުން ކުރެވުނު މަސައްކަތް މުއިއްޒު 1 އަހަރުތެރޭ ކުރާނެ: ރުކުމާ

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 03:34
0

މާލެ ސިޓީކައުންސިލް އުފެދިގެން މިހާތަނަށް އައިރު އެކު މައްސަކަތް އިދިކޮޅު ކޯލިޝަނުން މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ޑރ.މުއިއްޒު އެއް އަހަރު ތެރޭގައި ކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މާލެސިޓީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލް މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މަޤާމަށް އެންމެ ޤާބިލް ކެނޑިޑޭޓަކީ ޑރ.މުއިއްޒުކަށް ރުކުމާވަނީ ވިދާޅުވެފައެވެ. އަދި މުއިއްޒުއަކީ ހިންގުންތެރި ޤާބިލް ބޭފުޅެއްކަމަށާއި، މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކޮށްދެވޭނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކޮސްދެވޭނެ ވަރުގެ ބޭފުޅަކަށް ކަމުގައެވެ. އެ ބޭފުޅަކީ ޑރ.މުއިއްޒު ކަމާއިމެދު ޝައްކު ނުކުރައްވާކަމަށް ރުކުމާ ވަނީ ވިދާޅުވެފައެވެެ.

މާލެ ސިޓީ ކައުންސިލް ވުޖޫދުވިފަހުން އޭރުގެ މުނިސިޕަލްޓީގެ ހީވާގި މުވައްޒިފުންނާއިއެކު މިހާތަނަށް ހޯދުނު ކާމިޔާބީއަކީ ނިސްބަތުން ކުޑަ ކާމިޔާބަކަށްވާއިރު، ޑރ.މުއިއްޒު މާލެ ސިޓ ކައުންސިލްގެ3 ދައުރުގައި ކުރެއްވި މަސައްކަތް އެންމެ އަހަރެއްގެތެރޭގައި ކުރަައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރުކުމާ ވިދާޅުވިއެވެ.

މާލެ މުނިސިޕަލްޓީގެ ހީވާގި މުއައްޒަފުންނާއިއެކު 2011 ވަނަ އަހަރު އުފެދުނު މާލެ ސިޓީ ކައުންސިލްއަށް (3 ދައުރުގެ) 10 އަހަރުން ކުރެވުނު މަސައްކަތް ޑރ. މުއިއްޒު 1 އަހަރުތެރޭ ކުރާނެ ކަމުގެ ގެރެންޓީ އެބައޮތް.

– ރުކުމާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް އެމްޑީޕީން ވާދަކުރައްވާ އަނަސް އަބްދުއް ސައްތާރާއި، ޑރ.މުއިއްޒުގެ ވާދަވެރިކަން ބޮޑުވެ ފޯރީހައި ކެމްޕެއިންކުރައްވާއިރު ސިޔާސީ ގޮތުންނާއި، ޚިދުމަތުގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅުން ދަނީ މިދެބޭފުޅުންގެ ތެރެއިން އެބޭފުޅެއްގެ ތާއީދު އޮތް ބޭފުޅަކު ހާމަކުރަމުންނެވެ.

އެގޮތުން ޑރ.މުއިއްޒުއަށް އެމްޑީޕީގެ އިސްސަފުގައި ހަރަކާތެރިވި ބައެއް ބޭފުޅުންގެ ތާއީދުވެސް އޮތްކަމަށް ދަނީ ހަމަކުރަމުންނެވެ. އަދި ކުރީގެ އެކި ސަރުކާރުތަކުގައި ޚިދުމަތްކުރެއްވި ދައުލަތުގެ ޚިދުމަތްތެރިްވެސް ދަނީ ޑރ.މުއިއްޒުއަށް ތާއީދު އޮތްކަން ހާމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.