ސަލާމަތީ ބާރުތަކުގެ ވެރިން ކަޅުފައިސާއަށް ވިކޭކަމަށް ވާހަކަ ވިއްކަނީ ދިވެހި ރައްޔިތެއްނޫން: ދިޔާނާ

ސަލާމަތީ ބާރުތަކުގެ ވެރިން ކަޅުފައިސާއަށް ވިކޭކަމަށް ވާހަކަ ވިއްކަނީ ދިވެހި ރައްޔިތެއްނޫން: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 12:10
0

ރާއްޖޭގެ އަސްކަރިއްޔާގެ އިސްފުގައި ތިއްބެވި، އެންމެ ޝަރަފްވެރި ބޭފުޅުން ކަޅުފައިސާގައި ޖެހި، ފައިސާއަށް މަސައްކަތް ކުރައްވާކަމަށް ވާހަކަ ދައްކާނީ ދެވިހި ރައްޔިތެއް ނޫންކަމަށް ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދަ ގޮތަކަށް ވިދާޅުވީ ސިފައިންގެ ޖެނެރަލުން ރިޝްވަތު ނެގިކަމަށް އާންމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައި އެމައްސަލަ ނުބެލުމަށް އޭސީސީން ނިންމުމާއި ގުޅިގެން އެކަމަށް އިޝާރާތްކޮށް ކުރެއްވި ޓްވީޓެއްގައެވެ. ދިޔާނާ ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ވެރިންނާއި ގުޅޭމިފަދަ ވާހަކަތައް އުފައްދައި މިފަދަ ވާހަތައް ވިއްކަމުންދާނީ ދިވެހި ރައްތެއްކަމަށް ދެކިގެން ނުވާނެކަމަށެވެ.

އަސްތާ! މަނީ މަނީ ޔޭސް ސާ! މަނީ މަނީ ޔޭސް ސާ! މިއީ ކޮން ބޭފުޅަކު ވިދާޅުވި ފައިސާއެއް؟ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުގެ ވެރިން ކަޅު ފައިސާއަށް ވިކޭކަމަށްބުނެ އާންމުންގެ ތެރޭގައި އެވިސްނުން ވިއްކީ އާންމު ދިވެހި ރައްޔިތު މީހެއްނޫން އިގޭތޯ.

– ދިޔާނާ ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޖެނެރަލް އަބްދުﷲ ޝަމާލް އާއި އިތުރު ޖެނެރަލުންތަކެއް ރިޝްވަތު ނެގިކަމަށް ބުނެ ހުށަހެޅި މައްސަލާގައި އޭސީސީން ވަނީ ރިޝްވަތުގެ ގޮތުގައި ބެލޭނެ ވަރުގެ މައުލޫމާތާއި ހެކިތަކެއް ހުށަހަޅާފައި ނުވާކަމަށާއި، އަދި މިއީ އެއްވެސް އޮޓަރެއްހުރި މައްސަލައެއް ކަމަށް ނުބެލޭކަމަށްބުނެ މައްސަލަ ބޭރުކޮށްލާފައެވެ.

އޭސީސީއަށް ހުށަހެޅި މިމައްސަލާގައި ބުނެފައިވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު ސޮއި ކުރި “ޑިވެލޮޕްމެންޓް ސަޕޯޓް އެންޑް ދަ މެއިންޓެނެންސް އޮފްދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެއްބަސްވުމުގައި ދިވެހިރާއްޖެއިން ސޮއިކުރުމުގެ ކުރިން، ދިވެހި ޤައުމީ ދިފާއީ ބާރުގެ ބައެއް އިސް ޖެނެރަލުންތަކެއް ރިޝްވަތުގެ ގޮތުގައި ބޭރު ޤައުމަކުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަމަށް ވަނީ ތުހުމަތު ކުރެވޭ ކަމަށެވެ.

ސިޓީގައި ބަޔާންކޮށްފައިވާ ޖެނެރަލުންތަކުގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް، ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު އަދި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހިމެނެއެވެ.

ސިޓީގައި ބަޔާންކޮށްފައިވާ ސިފައިންގެ ޖެނެރަލުންތަކުގެ ދިރިއުޅުމުގެ ފެންވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އާދަޔާ ހިލާފު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވޭ ކަމަށް އެ ސިޓީގައިވެއެވެ. އެހެން ކަމުން އެ ފަރާތްތަކުގެ އަނބިން، ދަރިން، އެއްބަނޑު އެއްބަފާ މީހުން، މައިންބަފައިން، ބޮޑުބޭބެ، ބޮޑުދައިތައިންގެ މިލްކިއްޔާތަށް ފާއިތުވި 12 މަސްތެރޭގައި އައިސްފައިހުރި ބަދަލުތައް ތަހުގީގުކޮށް ދިރާސާކުރުމަށް އެ ސިޓީގައި އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.