ތޮލާލް، ޝަރީފަށް: ސިޔާސީ ނުފޫޒުން ބަނދެވިފައި ހުރިވަރު ހާމަވެއްޖެ

ތޮލާލް، ޝަރީފަށް: ސިޔާސީ ނުފޫޒުން ބަނދެވިފައި ހުރިވަރު ހާމަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 11:14
0

އިލެކްޝަން ކޮމިޝަންގެ ރައީސްގެ އަހުމަދު ޝަރީފްގެ މަސައްކަތްތަކުގައި ސިޔާސީ ގޮތުން ބަނދެވިފައި ހުރި މިންވަރު މިރޭ ހާމަވެގެން ގޮސްފިކަމުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ތޮލާލް މިފަދަ ގޮތަކަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމް 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަން އިލެކްޝަން ކޮމިޝަންގެ ރައީސް ޓުވާޓާއި ހާމަކުރެއްވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. ތޮލާލް ވިދާޅުވީ މީގެ 8 ދުވަސް ކުރިން ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަކީ އިލެކްޝަން ކޮމިޝަން ކަމަށްވުމުން ޕީޕީއެމްއަށް އިންތިޚާބުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ހުރަސްއަޅާތީ އެކަމުގެ ޝަކުވާ ހުށަހަޅާފައިވާކަމަށެވެ.

ނަމަވެސް އެޝަކުވާ ލިބުނުކަމެއްވެސް އަދި، ޝަކުވާ ބަލައިގަތްކަމެއްވެސް އަދި ބަލަމުންދާކަމެއްވެސް ހާމަކުރުމެއްނެތި ޓުވީޓަކުން ޕީޕީއެމް ބޮޑު އަދަދަކުން ޖޫރިމަނާ ކުުރުމަކީ އިލެކްޝަން ކޮމިޝަންގެ ރައީސް މަސައްކަތްޕުޅު ކުރައްވާ ހާލަތާއިމެދު ސުވާލު އުފެދޭކަމެއްކަމަށެވެ.

ސަރުކާރުން ޕީޕީއެމް އޮފީސް ބަންދުކޮށް ކެމްޕެއިނަށް ހުރަސް އަޅާތީ ހުށަހެޅި ޝަކުވާއަށް 8 ދުވަސް ވީއިރު، އެއަށް އަމަލުނުކުރިތާ، އެ މައްސަލަ ބަލާކަންވެސް ނުވަތަ ލިބުނު ކަންވެސް އަންގާނުލާ، ޓްވީޓަކުން ޕާޓީ ޖޫރިމަނާ ކުރުމުން ސިޔާސީ ނުފޫޒުން ބަނދެވިފައި ހުރިވަރު ހާމަވޭ.

– ތޮލާލް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނ ޕީޕީއެމް ޖަވާބު ދާރީވުމުގެ ގޮތުން ހުށަހެޅި ހުށަހެޅުން އިލެކްޝަން ކޮމިޝަނުން ގަބޫލުނުކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފްވެފައިވާނީ 75،000 ރުފިޔާއިން ޖޫރިމައިނާ ކޮށްފައިވާކަމަށެވެ.

އޮފީސް ބަންދުކުރުމުން އިންތިޚާބަށް ކުރަންޖެހޭ މަސައްކަތް ހުއްޓި، ޝަކުވާ އިލެކްޝަނަށް

ޕީޕީއެމް ޖޫރިމަނާކޮށްފައިވަނީ މާލެ ސަރަހައްދުގައި ކޯވިޑްގެ މިހާލަތުގައި މުޒާހަރާ ކުރަމުންދާތީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަނުން ދިނުމަށްފަހުއެވެ. އަދި މިރޭ އިލެކްޝަނުން ޕީޕީއެމްއާއިމެދު ފިޔަވަޅު އަޅާފައިވާއިރު މާދަމާ މާލޭގައި ބޮޑު މުޒާހަރާއެއް ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.

މިއީ މިމަހުގެ ތެރެގައި އިދިކޮޅު ޕީޕީއެމް ޖޫރިމަނާ ކުރި 2 ވަނަ ފަހަރެވެ. ޕީޕީއެމްއިން ހިންގާ ސިޔާސީ ހަރަކާތްތަކާއި ގުޅިގެން އިލެކްޝަނުން ދަނީ އެޕާޓީއާއިމެދު ފިޔަވަޅު އަޅަމުންނެވެ. އަދި އެޗްޕީއޭއިންވެސް ފާދިފަހުން ޕީޕީއެމްއިން ބޭއްވި އިވެންޓަކާއި ގުޅިގެންވެސް އެ އިވެންޓް ބޭއްވި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝިޖާވެސް ޖޫރިމަނާކޮށްފައެވެ. އަދި ކޮންމެ ދުވަހަކު އިދިކޮޅުން ބާއްވާ މުޒާހަރާތަކުން ހައްޔަރު ކުރާ އެޕާޓީގެ ގިނަ ބޭފުޅުންވެސް ދަނީ ޖޫރިމަނާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.