ރައީސް ޔާމީންގެ ކެތްތެރިކަމުން ހިތްވަރުލިބި އިންތިޚާބު ކާމިޔާބު ކޮށްދެއްވާ: އަދުރޭ

ރައީސް ޔާމީންގެ ކެތްތެރިކަމުން ހިތްވަރުލިބި އިންތިޚާބު ކާމިޔާބު ކޮށްދެއްވާ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 08:35
0

ޖަލުގައި އެތައް ދުވަހެއް ނުހައްގުން ރައްޔިތުންގެ ހައްގުގައި ކެތްތެރިކަމާއިއެކު ދުވަސްތައް ގުނަމުންދާ ރައީސް އަބްދުﷲ ޔާމީންގެ ކެތްތެރިކަމުން ހިތްވަރުލިބިގަނެ މި އިންތިޚާބު ކާމިޔާބު ކުރުމުގެ އަޒުމް ކަނޑައެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނަށް އެކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލިޑަރޝިޕް ރަށު ބަންދުގައި ތިބެ ލ.ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ލ.އަތޮޅަކީ ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ތަރައްޤީ ގެނުވި އަތޮޅެއްކަމަށެވެ. މިއަދު ލ.އަތޮޅުން ފެނިގެންދަނީ ވީރާނާވެ، މާޔޫސްކަމާއި މޮޅިވެރިކަންކަމަށެވެ. މިކަން ބަދަލު ކުރެވޭނީ ތަރައްޤީއަށް ލޯބިކުރާ ތަރައްޤީގައި މަސައްކަތް ކުރަންއެގޭ ކެނޑިޑޭޓުން އިންތިޚާބު ވެެގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބަކީ ރާއްޖޭގައި ވީރާނަމުންދާ ތަރައްޤީގެ ކުލަވަރު އަލުން އިޔާދަކޮށް ތަރައްޤީ ގެނައުމަށް އެޅޭ ބިންގަލަކަށް ހަދަންޖެހޭކަމަށެވެ. މިވަގުތަކީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށްވެސް އަދި ސިޔާސީ ހަރަކާތެއް ހިންގަންވެސް ފަސޭހަ ވަގުތަކަށް ނުވާއިރު، މިކަމުގައި ރައީސް ޔާމީން ދައްކަވާ ހިތްވަރާއި ކެތްތެރިކަން ޕީޕީއެމްގެ ހުރިހާ މެމްބަރުންވެސް ނަމޫނާއަކަށް ބަލައި ގަންނަން ޖެހޭކަމަށެވެ. ނުހައްގުން އެތައް ދުވަހު ޖަލަށްލައި ރައީސް ޔާމީން އެދައްކަވާ ހިތްވަރާއި ކެތްތެރިކަމުގެ ނަތީޖާ ރައްޔިތުން މިފަހަރުގެ އިންތިޚާބުން ދައްކަން ޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ލ.އަތޮޅަކީ ރައީސް ޔާމީން ޚާއްސަ އިސްކަމެއް ދެއްވައިގެން ތަރައްޤީ ގެނެސްދެއްވި އަތޮޅެއް. އަޅުގަނޑު ދަންނަވާނީ މާމެންދޫން، ފޮނަދޫން އެންމެ ގޮޑިއެއްވެސް ނުދެއްވާށޭ. އެމްޑީޕީއަށް ދޭ ކޮންމެ ގޮނޑިއަކީ ތަރައްޤީއާއި ދެކޮޅަށް ދެވޭ ގޮނޑިއެއް.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ޤައުމު އޮތް ހާލަތާއި، ގައުމުދާ މިސްރާބު އޮޅޭނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެކަމަށެވެ. މިއަދު މި މިސްރާބު ރަނގަޅު މަގަށް އެޅުވޭނި ދިވެހި ރައްޔިތުން ރުކަށް ފާހަގަ ޖަހައިގެން ކަމަށާއި ކައުންސިލް އިންތިޚާބަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާ ކުރުމަށް ދެވޭ ވޯޓަކަށް ހެދުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.