މިސަރުކާރަށް ތާއީދުއޮތްކަމަށް ދުނިޔެއަށް ދެއްކެން އޮތް ހަމައެކަނި އެއްޗަކީ 65 ގޮނޑި: ޝުޖާ

މިސަރުކާރަށް ތާއީދުއޮތްކަމަށް ދުނިޔެއަށް ދެއްކެން އޮތް ހަމައެކަނި އެއްޗަކީ 65 ގޮނޑި: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 10:40
0

މިސަރުކާރަށް ތާއީދުއޮތްކަމަށް ދުނިޔެއަށް ދެއްކެން އޮތް ހަމައެކަނި އެއްޗަކީ މަޖިލީހުގެ އެމްޑީޕީ 65 ގޮނޑި ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އަދި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ލިޑަރޝިޕް ރަށު ބަންދުގައި ތިބެ ލ.ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ މިސަރުކާރަށް ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ތާއީދެއްނެތްކަން މިސަރުކާރަށް މިބޮޑަށް މިއަދު އެގޭނެކަމަށެވެ. މިސަރުކާރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސަރުކާރަށް ތާއީދު އޮތްކަމަށް ދައްކަމުންދާ ހަމައެކަނި އެއްޗަކީ 65 ގޮޑިކަމަށް ޝުޖާ ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން ފެނިގެންދަނީ ރައީސް ޔާމީން ވެރިކަމުން ވަކިވެވަޑައިގެންނެވުމުގެ ކުރިން ދެއްވި ވަދާއީ ތަގުރީރުގައި ވިދާޅުވި ވާހަތަކުގެ ހަގީގަތްކަމަށް ޝުޖާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތަށް ރާއްޖެ އަޅުވެތިކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލައި ދީނީ ހައިބަތު ނަގާލުމަށް ކުރަމުންދާ މަސައްކަތަކީ މިއަދު ފެންނަމުންދާ ހިތްދަތި މަނަޒްރުތަކެއްކަމަށް ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ގައުމަށް ކުރިމަތިވެފައިވާ ދަތި އުދަގޫ ހާލަތުން އަރައިގަނެވޭނީ ކައުންސިލް އިންތިޚާބު ޕީޕީއެމްއަށް ކާމިޔާބު ވެގެންކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއިމެދު އުފެދިފައިވާ ސުވާލުތަކަށް ރައްޔިތުންނަށް ޖަވާބުދެވެން އޮތް އެންމެ ރަނގަޅު ފުރުސަތަކީ މި އިންތިޚާބުކަމަށްވާއިރު ޤައުމަށްޓަކައި އަދި ދީނަށްޓަކައި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިޚާބުވުމަކީ މުހިންމު ކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި މިއިންތިޚާބު ވެގެންދާނީ ރާއްޖޭގެ ރައްޔިތުން ޤައުމު ސަލާމަތް ކުރުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތަށް ވެގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.