ޚަބަރު އޮންލައިން ޕޯލް: ވާދަވެރިކޮށް، ކުޑަތަފާތަކުން ކާމިޔާބުކުރީ ޑރ.މުއިއްޒު

ޚަބަރު އޮންލައިން ޕޯލް: ވާދަވެރިކޮށް، ކުޑަތަފާތަކުން ކާމިޔާބުކުރީ ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 08:41
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި އާންމުންގެ ޚިޔާލް ހޯދުމަށް މިހަފްތާގައި ޚަބަރު އޮންލައިނުން ނެގި ވޯޓުން އެންމެ ތަރުހީބު ބޮޑީ މާލެ ސިޓީއަށް އިދިކޮޅު ކޯލިޝަން ޓިކެޓްގައި ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒުކަމަށް ދައްކައިފިއެވެ.

ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުގެ މަޤާމަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ތިން ކެންޑިޑޭޓުންގެ މެދުގައި ނެގުނު މިވޯޓު މާލެ ސިޓީ ކައުންސިލަށް ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކުމިޔާބު ކުރެއްވީ ލިބިފައިވަނީ 34.9 އިންސައްތަ ވޯޓުންނެވެ. މުއިއްޒުއާއި އެންމެ ގާތުން ވާދަ ކުރެއްވީ މިދިޔަ ހަފްތާގެ ޕޯލް ކާމިޔާބު ކުރެއްވި މިނިވަން ކެންޑިޑޭޓް އަލްހާން ފަހުމީއެވެ. އަލްހާން ފަހުމީ އަށް ލިބިވަޑައިގެންނެވީ 33.3 އިންސައްތަ ވޯޓުންނެވެ. ޕޯލްގައި އަލްހާނާއި އެންމެ ކައިރިން ވާދަކުރި މި ޕޯލްގައި އެންމެ މަދުން ވޯޓު ލިބިފައިވަނީ މާލޭގެ މެޖޯރިޓީ އަބަދުވެސް ނަގަމުންދާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއް ސައްތާރަށެވެ. އަނަސް ލިބިވަޑައިގެންފައިވަނީ ވޯޓުލީ މީހުންގެ 19.1 އިންސައްތަ ވޯޓެވެ. މީގެއިން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރާކަމަށް 12.7 އިންސައްތަ މީހުން ވޯދު ދީފައިވެއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮވެ، އެއް ކެންޑިޑޭޓުން އަނެއް ކެންޑިޑޭޓުންނަށް ސޯޝަލް މީޑިޔާގައާއި، ޕާޓީތަކުގެ ޖަލްސާތަކުގައި ދަނީ ރައްދު ދެއްވަމުންނެވެ. އެންމެބޮޑަށް ބަހުސް ކުރެވެމުންދަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް އަޅާފައިވާ ފްލެޓުތަކުގެ ހައްގު ވެރިންނަށް ފްލެޓު ނުދިނުމަށް މިސަރުކާރުން ހުރަސް އަޅާކަމަށް ވިދާޅުވެ އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒުގެ ފާޑުކިޔުން ވަނީ އަމާޒުކޮށްފައެވެ.

ސަރުކާރުގެ މައިޕާޓީގެ ކެންޑިޑޭޓް އަނަސް ވިދާޅުވެފައިވަނީ މިމައްސަލާގައި މުއިއްޒުއަށް ހައްލު ނުގެނެސްދެވޭނެކަށެވެ، ބާރުލިބި 7 އަހަރު މިނިސްޓަރު ކަމުގައި ހުންވައިގެންވެސް ނުގެނެސްދެވެނު ހައްލެއް މިހާރު ގެނެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. މިމައްސަލާގައި އަލްހާން ވިދާޅުވެފައިވަނީ މުއިއްޒުއާއި، އަނަސް އަށްވެސް ވެރިކަމުގެ ތެރެެއިން މިކަން ކުރަން އެކި ފަހަރު މަތީން ފުރުސަތު ލިބިފައި ވީނަމަވެސް ހުސް ވާހަކަ ދެއްކުން ފިޔަވައިވީ އެއްވެސް ކަމެއް ނެތްކަމަށެވެ. މިމައްސަލަ ހައްލު ކޮށްދެވޭނީ އިޚުލާސްތެރި މަސައްކަތްތަކެއް ކުރާނެ ރައްޔިތުންގެ އިހުސާސްތައް އެގޭ ކެންޑިޑޭޓަކަށް ކަމުގައި އަލްހާން ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ޕާޓީއަކާއި ގުޅޭގޮތުން އާންމު ޚިޔާލު ހުރިގޮތް ބެލުމަށް ޚަބަރު އޮންލައިނުންވަނީ މީގެ ކުރިން ޕޯލްއެއް ގެނެސްދީފައެވެ. އެ ޕޯލް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަ އިދިކޮޅު ޕީޕީއެމް އިންނެވެ. އެ ޕޯލްގެ ނަތީޖާއިން ޕޯލުން ދައްކާ ގޮތުން އިދިކޮޅު ޕީޕީއެމް އަށްވަނީ 74.5 އިންސައްތަ ވޯޓު ލިބިފައެވެ. ސަރުކާރު ހިންގައި މައިޕާޓީ އެމްޑީޕީ އަށް ލިބިފައިވަނީ 25 އިންސައްތަ ވޯޓެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 0.5 އިންސަތަ ވޯޓެވެ. އެ ޕޯލްގައި 7,843 މީހުން ވޯޓު ދީފައިވެއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

R Rasheed Moosa
Tin bali viya nudeyti naseedu agayah e bas vaddaati