4 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލަށް

4 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލަށް

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 06:18
0

އުމުރުން އެންމެ 4 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުންވެސް ތަޢީދުކޮށްފިއެވެ.

މިމައްސަލައިގެ ކުށް ސާބިތުގެ ޖަލަށް ލުމަށް ނިންމާފައިވަނީ ކ.ގާފަރު އޯކިޑުމާގެ ޢަބްދުއްސަލާމެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންނަކީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢާއި ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢެވެ.

މީގެ 2 ދުވަސް ކުރިން ހައިކޯޓުންވަނީ ކުޑަ ފިރިހެން ކުއްޖަކަށް ޖީންސީ ގޯނާ ކުރި މައްސަލައެއް ސާބިތުވެ މީހަކު 14 އަހަރަށް ޖަލަށް ލުމަށްވެސް ހުކުމްކޮށްފައެވެ. މިމައްސަލައަކީ އދ.ދިގުރަށު ކޯޓުން ބަލައި ސާބިތު ނުވާކަމަށް ނިންމި މައްސަލައެކެވެ. ނަމަވެސް އިސްތިއުނާފަށް ޕީޖީން މިމައްސަލަ ފަހުން ހައިކޯޓަށް ހުށައެޅީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.