މާލޭ މޭޔަރުކަމަށް ޔުމްނާގެ ތާއީދު އަނަސް އަށް

މާލޭ މޭޔަރުކަމަށް ޔުމްނާގެ ތާއީދު އަނަސް އަށް

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 04:57
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ތާއީދު ކުރައްވާނީ ސަރުކޯލިޝަންގެ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަށް ކަމުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާއަކީ ކޯލިޝަންގައި ހިމެނޭ އެމްއާރުގެ އެމްގެ ސްލޮޓެއްގައި ވަޒީރެކެވެ. ޔުމްނާ ވިދާޅުވީ މޭޔަރުކަމަށް އަނަސްއަށް ތާއީދު ކުރައްވަން ނިންމެވީ އަނަސް އަކީ އިސްލާހީ ހަރަކާތުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ހީވާގި ބޭފުޅެއްކަމަށެވެ.

ޔުމްނާ އަނަސްއަށް ތާއީދު ކުރައްވާފައިވާއިރު، ރައީސް މައުމޫންގެ ދަރިކަލުން ތަކުގެ ތެރެއިން ޣައްސާން މައުމޫނާއި، ދުންޔާ މައުމޫން ތާއީދު ކުރައްވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ.މުއިއްޒަށެވެ. މިފަހަރުގެ ކައުންސިލް އިންތިޚާބުގައި އެންމެ ވާދަވެރިކަމަށް ބެލެވޭ މާލެ ސިޓީ ކައުންސިލް މޭޔަރުގެ މަޤާމަކީ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް މަޤާމެވެ.

ދުންޔާގެ ތާޢީދުވެސް ޑރ.މުޢިއްޒުއަށް

އަންނަ އޭޕްރީލް 10ގައި ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އިދިކޮޅުން ޑރ.މުޢިއްޒު ވާދަކުރައްވާއިރު، އެމްޑީޕީން ވާދަކުރައްވަނީ އެޕާޓިގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްޞައްތާރެވެ. އަދި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީވެސް ގެންދަވަނީ މޭޔަރުކަމަށް ވާދަކުރައްވަމުންނެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.