ފުލުހުންގެ ފާރަގެމައިގައި ހިމެނޭ "ޝަކީރާ" މަރުވެއްޖެ

ފުލުހުންގެ ފާރަގެމައިގައި ހިމެނޭ "ޝަކީރާ" މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 04:00
0

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ފުލުހުން ބޭނުން ކުރާ ފާރަގެމައިގެ ކުއްތާއެއް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ނެދަލެންޑްސް އިން ގެނައި ކުއްތާތަކުގެ ތެރެއިން "ޝަކީރާ" މަރުވީ ބަލިވެ އުޅުމަށް ފަހު މިއަދުގެ ވަގުތެއްގައި ކަމަށެވެ. މީގެކުރިން ވެސް ފާރަގެމައިގައި ހިމެނޭ ކުއްތާއެއް މަރުވެފައިވެއެވެ. މި ދެ ކުއްތާ މަރުވުމާއެކު ފާރަ ގެމައިގައި ބާކީ ތިބީ 15 ކުއްތާއެވެ.

ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަންތަކަށް ގެންގުޅޭ ކުއްތާތަކަށް ނަން ދީފައި ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އެގޮތުން ފުލުހުން ވަނީ އެ މުއައްސަސާގައި ބޭނުން ކުރާ ހަތަރު ކުއްތާއެއްގެ ނަން ހާމަކޮށްފައެވެ. އެއީ ޝަކީރާ، ބްލެކީ، ސޭމް އާއި ޓާރާއެވެ.

ފުލުހުން ހިންގާ އެކި އެކި އޮޕަރޭޝަންތަކުގައި ފާރަ ބޭނުން ކުރާނެ ގޮތްތަކާއި ފާރަ ބޭނުންކޮށްގެން މިހާރަށްވުރެ އުފެއްދުންތެރި ގޮތެއްގައި މަސައްކަތްތައް ކުރިޔަށް ގެންދަން އަމާޒުކޮށް ބައެއް ފުލުހުންނަށް ތަމްރީންތަކެއް ވެސް ވަނީ ދީފައެވެ.

އެ ކުއްތާތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ އޮޕަރޭޝަންތަކުގެ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފައިވާ ޑޯގް ސްކޮޑުގައި ހިމެނޭ ކުއްތާތަކެވެ. މި ކުއްތާތައް ބޭނުންކޮށްގެން ގިނަ އަދަދެެއްގެ މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ވަނީ ހިންގައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.