ކޮމަންވެލްތުގެ ސީއޭޕީއޭސީ ކޮމިޓީގެ ވައިސް ޗެއާ އަކަށް ނާޝިޒް

ކޮމަންވެލްތުގެ ސީއޭޕީއޭސީ ކޮމިޓީގެ ވައިސް ޗެއާ އަކަށް ނާޝިޒް

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 01:16
0

ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީސް (ސީއޭޕީއޭސީ) ގެ ވައިސް ޗެއާގެ މަގާމަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުހައްމަދު ނާޝިޒް އައްޔަނު ކުރައްވައިފިއެވެ.

މިވަގުތު 40 ގައުމަކުން ބައިވެރިވެފައިވާ ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީސް އަކީ ކޮމަންވެލްތުގެ ޤައުމުތަކުގެ ސަރުކާރުތަކުން ހިންގާ މާލީ ކަންކަމާއި، އަދި ސަރުކާރުތައް ޒިންމާދާރު ކުރުމަށް ކުރެވޭ މަސައްކަތައް ދެމެގަތުމަށްޓަކައި އެކުލަވާލާފައި ކޮމިޓީއެވެކެވެ.

މިކޮމިޓީއަށް ނާޝިދު އައްޔަކުރެވިފައިވަނީ އިއްޔެ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ޤައުމުތަކުގެ ތާއީދާއިއެކުގައެވެ. ނާޝިޒު މިޤަމާއަށް އައްޔަން ވެފައިވަނީ ސްރީލަންކާއާއި، ބަންގްލަދޭޝްގެ އިތުރުން ޖާޒީ ސްޓޭޓްގެ ވޯޓާއިއެކުގައެވެ.

ސީއޭޕީއޭސީ އަކީ 2015 ވަނަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެމްބަރުން އެގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާ އެކު ނިންމުންތައް ނިިންމުމަށް ހިތްވަރު ދިނުމަށް އުފެދިގެން އައި ކޮމިޓީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.