ވޯޓުފޮށި ބެހެއްޓުމަށް ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު، ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ، 5 ރިސޯޓެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަންޖެހެއެވެ. ނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށާއި، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ހަމަވިއިރު ވޯޓްފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ރަޖިސްޓްރީ ވެފައިވާތީ 5 ރިސޯތެއްގައި ވޯޓު ފޮށި ނުބެއްހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.
ވޯޓު ފޮށި ނުބެއްޓުމަށް ނިންމާފައިވާ ފަސް ރިސޯޓަކީ:

މީގެ ކުރިން ބާއްވާ އިންތިހާބުތަކުގައި ވަކި އަދަދަކަށްވުރެ ރަޖިސްޓްރީވެފައިވާ މީހުން މަދުނަމަ ރިސޯޓް މުވައްޒަފުން ވޯޓުލާން ދާންޖެހެނީ ކައިރީގައިވާ ކޮންމެވެސް ރަށަކަށް ނުވަތަ އަމިއްލަ އަށް ރަޖިސްޓްރީވެފައިވާ ރަށެއްގައެވެ. އެހެންނަމަވެސް މިވަގުތު އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން ރިސޯޓް މުވައްޒަފުންނަށް އެހެން ތަނަކަށް ވޯޓު ލާން ދިއުމުގެ ފުރުސަތު ނެތުމުން ކުރިން ކަނޑައަޅާ ގޮތަށް ރަޖިސްޓްރީވާން އަދަދެއް ކަނޑައެޅެން ނެތްކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.
އެޗްޕީއޭގެ ގައިޑްލައިންގައިވާގޮތުން ރިސޯޓް މުވައްޒަފުންނަށް އެހެންތަނެއްގައި ރަޖިސްޓްރީވެގެން ވޯޓު ލާން ދިއުމުގެ ފުރުސަތު ނުދެނީ ރިސޯޓްތަކުން އެހެން ރަށްރަށަށް ބަލި ފެތުރުމުގެ ބިރު އޮތުމުންނެވެ.
ކޮމެންޓު ފޮނުވާ