އެޗްޕީއޭގެ ގައިޑުލައިނުގެ ސަބަބުން ވިޔަފާރިތައް ބިކަވުން ނޫންކަމެއް ނުވާނެ: ބޮންޑެ

އެޗްޕީއޭގެ ގައިޑުލައިނުގެ ސަބަބުން ވިޔަފާރިތައް ބިކަވުން ނޫންކަމެއް ނުވާނެ: ބޮންޑެ

Author
މުޙައްމަދު ޖިމީ
13 މާރޗް 2021 02:35
0

އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން ވިޔަފާރިތައް އިތުރަށް ބިކަވުން ނޫންކަމެއް ނުވާނެކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު ފިޔަވަޅެއްގެގޮތުގައި މާލެ ސަރަޙައްދުގެ ކެފޭ،ރެސްޓޯރެންޓުތަކުގައި ރޭގަނޑު 20:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތްދިނުން ވަނީ މަނާކުރައްވާފައެވެ.

ބޮންޑެ ވިދާޅުވީ، އެޗްޕީއޭ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދެމުން ގެންދިޔަ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ރޭގަނޑުގެ ގަޑިތަކަށް ގެނައި ބަދަލުގެ ސަބަބުން ވިޔަފާރިތައް އިތުރަށް ބިކަވުން ނޫންކަމެއް ނުވާނެކަމަށެވެ.

މާލޭގެ ކެފޭ، ރެސްޓޯރެންޓް، ހޮޓާތަކުގެ ވިޔަފާރި ބަގުރޫޓުވެ، އެވިޔަފާރި ކުރާ ފަރާތްތަކަަށް ދަނީ ގޮތް ހުސްވަމުން ކަމުގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް އިދިކޮޅު ޕީޕީއެމްއިން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އޭގެ ގެއްލުން އެންމެ ބޮޑަށް ކުރާ އެއްބަޔަކީ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައިވެސް މާލެ ސަރަހައްދުގެ ކެފޭ، ރެސްޓޯރެންޓް، ސައިހޮޓާތައް ރޭގަނޑު 10:30 އިން ފެށިގެން ބަންދު ކުރަން ޖެހެއެވެ. އަދި ރޭގަނޑު 8 ގެ ފަހުން އެތަންތަނުގައި ތިބެގެން ޚިދުތަމްދެވޭ ގޮތްވެސް ވަނީ މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.